ހޯމަ 16 ޑިސެންބަރު 2019
07 މުލަ
1441 ރަބީޢުލްއާޚިރު 19
ފަތިސް 04:46
އިރުއަރާ 06:03
މެންދުރު 12:05
އަސްރު 15:26
މަޣްރިބް 18:00
އިޝާ 19:17
ލުއި ޚަބަރު - ގުޑް ނިއުސް

"ގުޑް ނިއުސް"ގެ ޓްރެއިލަރ ބަލާފަ ނުހީ ނުތިބެވޭނެ!

  • މިހާތަނަށް 10 މިލިއަނަށް ވުރެއް ގިނަ މީހުން ވަނީ ޔޫޓިއުބުން އެ ޓްރެއިލާ ބަލާފައި
  • ފިލްމު ރިލީޒްކުރަނީ ޑިސެމްބަރު 27 ގައި

މުހައްމަދު މުސްތަފާ
musthomummu

ކ. މާލެ 18 ނޮވެންބަރު 2019 | ހޯމަ 21:11 3,614

ގުޑް ނިއުސްގެ ޕޯސްޓަރެއް - ގޫގުލް

ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ އަކްޝޭ ކުމާރާއި ކަރީނާ ކަޕޫރު ލީޑު ރޯލު ކުޅެފައިވާ ހެއްވާ މަޖާ ފިލްމު "ގުޑް ނިއުސް"ގެ ޓްރެއިލަރ ދައްކާލައި ބެލުންތެރިން ހެއްވާލައިފިއެވެ.

އެ ފިލްމުގެ ރަސްމީ ޓްރެއިލަރ ޔޫޓިއުބްގައި އާންމުކުރީ އާދިއްތަ ދުވަހުއެވެ. މިހާތަނަށް އައި އިރު 10،480،959 (ދިހަ މިލިއަން ހަތަރު ލައްކަ އަށްޑިހަ ހާސް ނުވަ ސަތޭކަ ފަންސާސް ނުވަ) މީހުން ވަނީ ޓްރެއިލަރ ބަލާފައެވެ.

ޓްރެއިލަރ އިން ދައްކުވައިދެނީ ދެމަފަރިންތަކެއް ދަރިން ހޯދަން ކުރާ މަސައްކަތްތަކެއްގައި އަޅާ އޮޅުންބޮޅުން ގަނޑެކެވެ. އެ މަންޒަރުތަކާއެކު ބެލުންތެރިންނަށް ނުހީ ނުތިބެވޭނެ ކަން ޔަގީނެވެ.

ރާޖް މެހެތާ ޑައިރެކްޓްކުރާ "ގުޑް ނިއުސް" ގެ ފުރަތަމަ ޕޯސްޓަރު ވެސް ވަނީ މިދިޔަ ހަފުތާގެ ތެރޭގައި ބެލުންތެރިންނަށް ދައްކާލާފައެވެ.

ކަރީނާ އާއި އަކްޝޭ އެ ފިލްމުގެ ލީޑު ރޯލުން ފެނިގެންދާއިރު، ކަރީނާގެ ކުޑަ ދަރިފުޅު ތައިމޫރު ވެސް ފިލްމުގެ މުހިއްމު ރޯލަކުން ފެންނާނެ ކަމަށް ހަބަރުތައް ބުނެއެވެ. އޭގެ އިތުރުން ދިލްޖީތު ދޯސާންޖް އަދި ކިއާރާ އަދުވާނީ ފަދަ ތަރިންގެ އެކްޓިންގ ވެސް އެ ފިލްމުން ފެންނާނެއެވެ.

"ކަމްބަކްތް އިޝްގް" ފިލްމުން އެކުގައި ފެނުނު ކަރީނާ އާއި އަކްޝޭ ގެ "ގުޑް ނިއުސް" ބެލުންތެރިންނާ ހަމަޔަށް އަންނާނީ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. އެ ފިލްމު ރިލީޒްވާނެ އިރަކަށް ބެލުންތެރިން ތިބީ އިންތިޒާރު ކޮށްގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް