ކ. މާލެ
|
17 ނޮވެންބަރ 2019 | އާދީއްތަ 02:42
ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއި މޮރޮކޯގެ ބޮޑު ވަޒީރު ޑރ. ސަޢަދުލްދީން އަލް އުޘްމާނީ
ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއި މޮރޮކޯގެ ބޮޑު ވަޒީރު ޑރ. ސަޢަދުލްދީން އަލް އުޘްމާނީ
ޓްވިޓަރ
ފޮރިން މިނިސްޓަރ
ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު މޮރޮކޯގެ ބޮޑު ވަޒީރުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
 
ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައިވާ ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ވިދާޅުވި

ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު މޮރޮކޯގެ ބޮޑު ވަޒީރު ޑރ. ސަޢަދުލްދީން އަލް އުޘްމާނީގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ މޮރޮކޯގެ ރަބަތުގައި ހުންނަ ބޮޑު ވަޒީރުގެ އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ފަރާތްޕުޅުން ބޮޑުވަޒީރަށާއި މޮރޮކޯގެ ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރެއްވި ކަމަށެވެ.

އަދި އެމަނިކުފާނު މޮރޮކޯއަށް ކުރައްވަމުން ގެންދަވަ ރަސްމީ ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައިވަ ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަގީންކަން އޮތް ކަމުގައި މިނިސްޓަރ ޝާހިދު ދެންނެވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދާއި ބޮޑު ވަޒީރު އަލް އުޘްމާނީ ކުރެއްވި މަޝްވަރާތަކުގެ ތެރޭގައި ދެ ގައުމުނެވެސް އިސްކަންދޭ ކަންތައްތަކުގެ ތެރެއިން ދެ ގައުމުގެ ދޭދޭ ފަރުދުންގެ މެދުގައިވާ ގުޅުންތައް އިތުރު ކުރުމުގެ މުހިއްމު ކަމުގެ އިތުރުން، ވިޔަފާރީގެ ދާއިރާ އާއި، އިޤްތިސާދީ ދާއިރާ އާއި،ތަރިކައިގެ ދާއިރާ އާއި ނިރުބަވެރިކަމާއި، ހައްދުފަހަނައެޅުމާއި ދެކޮޅަށް ކުރާ މަސައްކަތްތަކާއި މަތީ ތައުލީމްގެ ދާއިރާއިން އަދި ތިމާވެށި ހިމާޔަތް ކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި އިތުރަށް އެއްބާރުލުން ދިނުމާއި ގުޅޭ މަޝްވަރާތައް ހިމެނޭ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މި ބައްދަލުވުމުގައި އެމަނިކުފާނު އަރިހުގައި މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެފެއަރޒް އަހަމުދު ހަލީލާއި ދިވެހިރާއްޖެއިން ޔޫއޭއީއަށް ކަމޑައޅާފައި ހުންނަވާ ސަފީރު ޑރ. ހުސައިން ނިޔާޒް އާއި މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް ގެ އެޑިޝަނަލް ސެކްރެޓަރީ އަހުމަދު ޝިޔާން ގެ އިތުރުން މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ އެސިސްޓެންޓް ޑިރެކްޓަރ މުއުމިނާ އިބްރާހިމް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް