ކ. މާލެ
|
14 ނޮވެންބަރ 2019 | ބުރާސްފަތި 19:15
ސްކޮޓް ކޫޕާ
ސްކޮޓް ކޫޕާ
ޔޫސުފް ސޮފްވާން ރަޝީދު
ވޯލްޑްކަޕް ކޮލިފިކޭޝަން
މެޗަށް ނިކުތީ ތިން ޕޮއިންޓް ހޯދަން، އެކަން ހާސިލްވެއްޖެ: ފިލިޕީންސް ކޯޗު
 
މި މެޗު ފިލިޕީންސް އިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާ އަކުން

ވޯލްޑްކަޕް ކޮލިފިކޭޝަން އަދި އޭއެފްސީ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަނުގައި ރާއްޖެއާއި ދެކޮޅަށް ފިލިޕީންސް އިން ނިކުތީ މެޗުން މޮޅުވެ ތިން ޕޮއިންޓް ހޯދުމަށް ކަމަށް ފިލިޕީންސްގެ ކޯޗު ސްކޮޓް ކޫޕާ ބުނެފިއެވެ.

ރާއްޖޭގެ އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާ އަކުން ރާއްޖެ ބަލިކުރުމަށްފަހު ވާހަކަދައްކަމުން ސްކޮޓް ކޫޕާ ބުނީ މި މެޗުގެ ފުރަތަމަ ހާފު ހީކުރި ވަރަށް ވުރެ އުނދަގޫ ކަމަށާއި މެޗަށް ނިކުތް އިރުވެސް މި މެޗަކީ ފަސޭހަ މެޗެއް ނޫންކަން އިނގޭ ކަމަށެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފުގައި ފިލިޕީންސް އަށް ވުރެ ގިނަ ހަމަލާތައް ރާއްޖެއިން އުފެއްދިކަން ފާހަގަ ކުރަމުން ސްކޮޓް ކޫޕާ ބުނީ މެޗުގެ ފުރަތަމަ ހާފުގައި ފިލިޕީންސް އަށް ލީޑު ނަގަން ލިބުނު އެންމެ ހުސް ފުރުސަތު (ޕެނަލްޓީ) ބޭކާރުވެގެން ދިޔައީ އާންމުކޮން އެޓީމުގެ ޕެނަލްޓީ ޖަހާ ކުޅުންތެރިޔާ ނޫން އެހެން ކުޅުންތެރިޔެއް ޖެހުމުން ކަމަށެވެ. އަދި ކުޅުންތެރިން އަމިއްލަ އެދުން ބޮޑު ކުރުމުގެ ނަތީޖާ އަކީ މެޗުގެ ފުރަތަމަ ހާފުގައި ލީޑު ނުލިބުން ކަން ކޫޕާ ފާހަގަ ކުރިއެވެ.

މެޗުގެ ދެވަނަ ހާފުގައި ފިލިޕީންސް އިން ދެއްކި ކުޅުމާއި މެދު ހިތްހަމަ ޖެހޭ ކަން ފާހަގަކުރަމުން ކޫޕާ ބުނީ މެޗަށް އެޓީމުން ނިކުތީ ތިން ޕޮއިންޓް ހޯދުމަށް ކަމަށާއި އެކަން ހާސިލު ވެއްޖެ ކަމަށެވެ.

ރާއްޖެ ހިމެނޭ ގްރޫޕްގެ އެއްވަނައިގަ ސީރިއާ ނުވަ ޕޮއިންޓާއެކު އޮތް އިރު ދެވަނައިގައި ޗައިނާ އޮތީ ހަތް ޕޮއިންޓާއެކުގައެވެ. މިގްރޫޕްގެ ތިން ވަނައިގައި ހަތް ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ފިލިޕީންސް އޮތްއިރު ހަތަރުވަނައިގައި ރާއްޖެއިން އޮތީ ތިން ޕޮއިންޓާއެކުގައެވެ. އަދި ގްރޫޕްގެ ފުލުގައި ގުއާމް އޮތީ ކުޅުނު ހުރިހާ މެޗަކުން ބަލިވެ ޕޮއިންޓެއް ނުލިބިއެވެ.

މި ގްރޫޕްގައި ޗައިނާ އަދި ސީރިއާ ބުރާސްފަތި ދުވަހުގެ ރޭ ކުޅޭ މެޗަށްފަހު ގްރޫޕަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
100%
ކޮމެންޓް