ހޮނިހިރު 11 ޖުލައި 2020
11 ފުނޯސް
1441 ޒުލްގައިދާ 20
ފަތިސް 04:42
އިރުއަރާ 05:59
މެންދުރު 12:15
އަސްރު 15:38
އިރުއޮއްސޭ 18:24
އިޝާ 19:41
ހަކުރު ބަލި

ހަކުރުބަލީގެ ދުވަހާއި ގުޅިގެން "ލައިފް ސްޓައިލް އިންޓަރވެންޝަން" ޕްރޮގްރާމެއް ފަށައިފި

  • ދުނިޔޭގެ ހަކުރުބަލީގެ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު މަހުގެ 14 ވަނަ ދުވަސް

ކ. މާލެ | 14 ނޮވެންބަރ 2019 | ބުރާސްފަތި 13:52 | 2,194

"ލައިފް ސްޓައިލް އިންޓަރވެންޝަން" ޕްރޮގްރާމެއް ފެށުން - ޔޫސުފް ސޮފްވާން ރަޝީދު

ދުނިޔެގެ ހަކުރުބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޑައިބެޓިކްސް ސޮސައިޓީ އޮފް މޯލްޑިވްސް އާއި މޯލްޑިވްސް ކަސްޓަމްސް ސާރވިސް ގުޅިގެން "ލައިފް ސްޓައިލް އިންޓަރވެންޝަން" ޕްރޮގްރާމެއް ފަށައިފި އެވެ.

ބުރާސްފަތި ދުވަހު ކަސްޓަމްސް ބިލްޑިންގްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މި ޕްރޮގްރާމް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިނިޓީ އެމްޕަވަރމަންޓް އަހުމަދު މަހޫލޫފެވެ.

މި ޕްރޮގްރާމުގެ ސަބަބުން ހަކުރު ބައްޔާއި ބެހޭ ގޮތުން މައުލޫމާތު ދިނުމާއި ހޭލުންތެރިކަން އިތުރުކުރުމާއި، ރާއްޖޭގައި ހަކުރުބަލި އަށާގަނެފައިވާ މިންވަރު ދެނެގަނެވޭނެއެވެ. އަދި މި ބަލިން ރައްކައުތެރި ވުމަށް އެޅޭނެ ފިޔަވަޅު ތަކާއި ގުޅޭ ގޮތުން ވެސް މައުލޫމާތު ހިއްސާކުރެވިގެންދާނެއެވެ.

މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި ފިޓްނަސްގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކެއްގެ ބައިވެރިވުމާއި އެކުގައެވެ.

މި ޕްރޮގްރާމުގެ ސަބަބުން ކަސްޓަމްސްގެ މުވައްޒަފުންގެ ސިއްޚަތަށް ދުޅާހެޔޮ ބަދަލުތަކެއް އައިސް ކަސްޓްމސް މުވައްޒަފުން ކުރާ މަސައްކަތަށް މިހާރަށްވުރެ ފުރިހަމަ ކަމެއް ލިބިގެންދާނެ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

މިއަދަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރާ ހަކުރު ބަލީގެ ދުވަހެވެ. މި ދުވަސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން ސަރުކާރުގެ އޮފީސް ތަކާއި ކުންފުނި ތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކުގެ މުވައްޒަފުން އޮފީހަށް ގޮސްފައިވަނީ ނޫކުލައިގެ ހެދުމެއްގައެވެ. އަދި ބައެއް ރަށްރަށުގައި މިދުވަސް ފާހަގަ ކުރުމަށް މަގުތަކާއި އިމާރާތްތައް ނޫކުލައިގެ ބޮކިތަކުން ޒީނަތްތެރި ކޮށްފައިވެއެވެ. 2000 ވަނަ އަހަރުން ފެށިގެން ޑައިބެޓިކްސް އެސޯސިއޭޝަނުގެ އިސްނެގުމާއެކު މިދުވަސް ފާހަގަކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.