ކ. މާލެ
|
13 ނޮވެންބަރ 2019 | ބުދަ 17:23
އެކްސިޑެންޓް ހިނގި ސަރަހައްދުުގައި ފުލުހުން ހަރަކާތްތެރިވަނީ
އެކްސިޑެންޓް ހިނގި ސަރަހައްދުުގައި ފުލުހުން ހަރަކާތްތެރިވަނީ
އެމްވީކްރައިސިސް
ހައިވޭ އެކްސިޑެންޓް
ކުއްޖާ ނިޔާވީ އެކްސިޑެންޓް ދުށް ފަރާތެއްވާ ނަމަ ފުލުހުންނާއި މައުލޫމާތު ހިއްސާކުރުމަށް އެދިއްޖެ
 
ކުޑަ ކުއްޖާ ވަނީ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައި ކަމަށް ފުލުހުން ބުނި
 
ރޭ އެކްސިޑެންޓްގައި އަނިޔާވެފައިވަނީ 13 އަހަރުގެ އަންހެން ކުއްޖަކަށާއި، 51 އަހަރުގެ އަންހެނަކަށް
 
މަންޒަރު ދުށް ފަރާތެއް ވާނަމަ 9911099 އަށް ގުޅުމަށް ވަނީ އެދިފައި

އަންގާރަ ދުވަހުގެ ރޭ ހުޅުމާލެ-ހުޅުލޭ ހައިވޭގައި ހިނގި އެކްސިޑެންޓްގެ މަންޒަރު ދުށްފަރާތެއް ވާނަމަ ފުލުހުންނާއި މައުލޫމާތު ހިއްސާ ކުރުމަށް އެދިއްޖެ އެވެ.

ފުލުހުން ބުނީ އަންގާރަ ދުވަހުގެ ރޭ 10:40 ހާއިރު ހުޅުމާލެ ނިރޮޅު މަގުން އައިސް ބްރިޖް ހައިވޭއަށް އަރާ ހިސާބު ޓަރމިނަލް ކައިރިން ސައިކަލަކާއި އެމްޓީސީސީގެ ބަހެއް ޖެހުނު މަންޒަރު ދުށް ފަރާތެއް ވާނަމަ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9911099 އަށް ގުޅާ މައުލޫމާތު ހިއްސާކޮށްދެއްވުމަށެވެ.

އަންގާރަ ދުވަހުގެ ރޭ އެކްސިޑެންޓްގައި އަނިޔާ ވެފައިވަނީ 13 އަހަރުގެ އަންހެން ކުއްޖަކަށާއި، 51 އަހަރުގެ އަންހެނަކަށް ކަމަށް ފުލުހުން ބުންޏެވެ

އޭގެތެރެއިން އަންހެން މީހާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދެވުނުއިރު، ކުޑަ ކުއްޖާ ގެންގޮސްފަިއވަނީ ޓްރީޓޮޕް ހޮސްޕިޓަލަށެވެ. އަދި ކުޑަ ކުއްޖާ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް އޮތީ މަރުވެފައިކަމަށް ފުލުހުން ބުންޏެވެ.

އެކްސިޑެންޓްވުމުން ބަސް ވަނީ މަޑުނުކޮށް ގޮސްފައިކަމަށް ފުލުހުން ބުންޏެވެ. އަދި ބަސް ހުއްޓުވާފައިވަނީ ހައިވޭގެ ޔޫޓަރން ނަގާ ސަރަހައްދުންކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި ބަސް ދުއްވަން އިނީ 54 އަހަރު ދިވެހި ފިރިހެނެކެވެ. އަދި އޭނާ ހައްޔަރުކޮށް، މައްސަލަ ތަހުޤީޤްކުރަމުން އަންނަކަމަށްވެސް ފުލުހުން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
8%
0%
76%
16%
0%
0%
ކޮމެންޓް
13 ނޮވެންބަރ 2019 | ބުދަ 22:09
ޢަލީ
މިހާރު ބަސްދުއްވިމީހާ ކުށްވެރި ކޮއް ފި އެކަމު ޖެހުނުތަން ފެނުނު މީހަކު ވެސް ނެތް
13 ނޮވެންބަރ 2019 | ބުދަ 20:13
އެދުރު ހަސަން
ޢަނެއްކަންތަކާ މިލައިގަތީ. ތިހައިވޭގައި ކެމެރާތައް ހަރުކޮއްބަލަ. ތަންކޮޅެއް ތަހްޒީބު ވާން ވެއްޖެއްއެއްނުން. ތިހައިވޭގެ އަރިމަތިން މީހަކު ހިގާ ފަ ދާންހުއްދަ އޮންނަނީކީ ނޫން. އެހެންނަމަތާ މީހަކައް ފެންނާނީވެސް.