ކ. މާލެ
|
16 މާރޗް 2017 | ބުރާސްފަތި 03:41
ލިޓަސް އިންތިހާބް 2017 ޕްރޮމޯޝަން
ލިޓަސް އިންތިހާބް 2017 ޕްރޮމޯޝަން
ޓްވިޓަރ
ލިޓަސް
ލިޓަސް އިންތިހާބް 2017ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
 
މިޕްރޮމޯޝަން ކުރިއަށްދާނީ އޭޕްރީލް 15 ވަނަ ދުވަހާއި ހަމައަށް

ލިޓަސް އިންތިހާބް 2017ގެ ނަމުގައި ވަރަށް ހާއްސަ ޕްރޮމޯޝަނެއް ލިޓަސް އޮޓޯމޯބައިލްސް އިން ފަށައިފިއެވެ.

 

ލިޓަސްއިން ބުނީ މާރޗް 15 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެ ކަމަށާއި މިޕްރޮމޯޝަނަކީ ލޯކަލް ކައުންސިލް އިންތިހާބާއި ގުޅުވައިގެން ކަސްޓަމަރުންނަށް ކުރިއަށްގެންދާ ވަރަށް ހާއްސަ ޕްރޮމޯޝަނެއް ކަމަށެވެ.

 

މި ޕްރޮމޯޝަންގައި ކައުންސިލް އިންތިޚާބަށް ވާދަކުރާ ފަސް ކެންޑިޑޭޓަކު ލިޓަސްގެ ޓިކެޓްގައި ވާދަކުރައްވާނެ ކަމަށާއި މި ފަސް ކެންޑިޑޭޓުންގެ ތެރެއިން ކޮންމެ ކެންޑިޑޭޓަކު ވެސް ވަރަށް ހާއްސަ އޮފަރތަކެއް ކަސްޓަމަރުންނަށް ދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

 

އެގޮތުން ލިޓަސްއިން ބައްލަވައިގަންނަވާ ކޮންމެ ހޮންޑާ ޕީސީއެކްސްއަކުން 5000 ރުފިޔާ ޑިސްކައުންޓް ލިބޭނެ ކަމަށާއި އަދި ބައްލަވައިގަންނަވާ ކޮންމެ ހޮންޑާ ޒޫމާ އެކްސްއަކަށް މަސް ދުވަހުގެ ދުއްވުމުގެ ހަރަދު ލިބޭނެ ކަމަށް އެކުންފުނިން ބުންޏެވެ.

 

އަދި ކޮންމެ ހޮންޑާ އެއާބްލޭޑްއަކަށް ފުލް ސާވިސްއެއް ހިލޭ ކޮށްދޭއިރު ބައްލަވައިގަންނަވާ ކޮންމެ ޔަމަހާ ޖުޕިޓާއެއްގެ އެޑްވާންސް ޕޭމަންޓް 10000 ރުފިޔާ އަށް ކުޑަކޮށްދޭނެ ކަމަށްވެސް ލިޓަސްއިން ބުންޏެވެ.

 

އަދި ބައްލަވައިގަންނަވާ ކޮންމެ ހޮންޑާ ސްކޫޕީއެއްގެ އަގުން އިތުރު ޗާރޖަކާއި ނުލައި ހަ މަހަށް ބަހައްޓައިދޭނެ ކަމަށް ލިޓަސްއިން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް