އަންގާރަ 26 މެއި 2020
07 ރޯނު
1441 ޝައްވާލް 03
ފަތިސް 04:34
އިރުއަރާ 05:51
މެންދުރު 12:07
އަސްރު 15:29
އިރުއޮއްސޭ 18:15
އިޝާ 19:32
ގާޒީ އަހުމަދު ހައިލަމް

ހައިލަމް އެ ހައްދަވަނީ އިތުރުފުޅެއް، ނުފޫޒެއް ނުފޯރުވާ: ގާޒީ އަލީ ރަޝީދު

  • ނުފޫޒު ފޯރުވިކަން ގާޒީ އަލީ ރަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަށް ހައިލަމް ވަނީ ވިދާޅުވެފައި
  • އޭނާ އަށްވެސް އެއްވެސް ފަރާތަކުން މިވީހާ ތަނުގައި ނުފޫޒު ފޯރުވާފައި ނުވާ ކަމަށް އަލީ ރަޝީދު ވިދާޅުވި
  • ނުފޫޒް ފޯރުވޭނީ، ނުފޫޒްގެ ދޮރު ހުޅުވުމުންކަމަށް ދެކިވަޑައިގަންނަވާކަމަށް ގާޒީ ވިދާޅުވި

ކ. މާލެ | 9 ނޮވެންބަރ 2019 | ހޮނިހިރު 17:57 | 42,607

ކްރިމިނަލް ކޯޓު ހިންގެވުމާއި ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދު - ސަން އޮންލައިން

ކުރީގެ ރައީސް އަބްދުﷲ ޔާމީނު ޖަލަށްލުމަށް ހުކުމް އިއްވާނެ ކަމުގެ ކަށަވަރުކަން ދިނުމަށް ސަސްޕެންޑް ކޮށްފައިވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމްއަށް ސަރުކާރުގެ އެއްވެސް ފަރާތަކުން ނުފޫޒޯ ފޯރުވާފައިނުވާ ކަމަށާއި، އޭނާ ހައްދަވަނީ އިތުރުފުޅެއް ކަމަށް ކްރިމިނަލް ކޯޓާއި މިހާރު ހަވާލުވެވަޑައިގެން ހުންނެވި ގާޒީ އަލީ ރަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީނަށް ހުކުމް އިއްވަން ސަރުކާރުގެ އެކި ފަރާތްތަކުން ގުޅައި، ނުފޫޒޫ ފޯރުވާފައިވާ ކަމަށް ގާޒީ ހައިލަމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި އެކަން ގާޒީ ރަޝީދު އަށް އެނގިވަޑައިގަންނަވާނެ ކަމަށްވެސް ހައިލަމް ނެރުއްވި ބަޔާނެއގައި ވަނީ ވިދާޅުވެފައެވެ.

ހައިލަމްގެ ވާހަކަތަކާއި ގުޅިގެން ރާއްޖެ.އެމްވީން ގުޅާލުމުން ގާޒީ ރަޝީދު ވިދާޅުވީ، ހައިލަމް އަށް ބަޔަކު ނުފޫޒޯ ފޯރުވިކަން އެނގިވަޑައިގެންފައިނުވާ ކަމަށެވެ. އަދި ހައިލަމް އެ ހައްދަވަނީ އިތުރުފުޅެއް ކަމަށް ގާޒީ ވިދާޅުވި އެވެ.

އެއީ ހަގީގަތާއި ހިލާފު ވާހަކައެއް. އަޅުގަނޑު ހަވާލުވި ފަހުން އަދި އަޅުގަނޑަށް ވެސް އެއްވެސް ނުފޫޒެއް އައިސްފައި ނުވޭ. އެއް ގޮތަކަށްވެސް ނޭނގެ ކީއްވެގެން ކަމެއް އެހެން ވިދާޅުވީ.

~ ގާޒީ އަލީ ރަޝީދު

ފަނޑިޔާރުކަން ކުރައްވަމުން ގެންދަވާތާ ތޭރަ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ގާޒީ އަލީ ރަޝީދު ވިދާޅުވީ، މިވީހާ ތަނަކަށް އެއްވެސް ފަރާތަކުން އޭނާއަށްވެސް ނުފޫޒު ފޯރުވާފައިނުވާނެ ކަމަށެވެ.

އަޅުގަނޑަށް ގަބޫލޫ ކުރެވެނީ ނުފޫޒު ދޮރު ހުޅުވީމާ ނުފޫޒު އަންނަނީ.

~ ގާޒީ އަލީ ރަޝީދު

ސަރުކާރުގެ އެކި ފަރާތްތަކުން ނުފޫޒޯ ފޯރުވަމުންދާ ކަމަށް ހައިލަމް މީގެކުރިން ވިދާޅުވުމާއި ގުޅިގެން، އެ ފަރާތްތަކުގެ ނަންތައް ހާމަކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން އެހެނިހެން ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

ހައިލަމް ސަސްޕެންޑް ކޮށްފައިވަނީ، ނަސްރު ދުވަހުގެ ތަހުނިޔާ ކިޔުއްވަމުން ކްރިމިނަލް ކޯޓުގެ ވައިބަރ ގްރޫޕް އަށް ފޮނުވި މެސެޖަކާއި ގުޅިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.