ކ. މާލެ
|
9 ނޮވެންބަރ 2019 | ހޮނިހިރު 15:09
މާލޭގެ ސްކޫލެއް
މާލޭގެ ސްކޫލެއް
މިނިސްޓްރީ އޮފް އެޑިއުކޭޝަން
ޢިއްޒުއްދީން ސްކޫލް
މާލޭގައި އަލަށް ހުޅުވާ ޢިއްޒުއްދީން ސްކޫލަށް ޕްރިންސިޕަލެއް ހޯދަނީ
 
ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 20 ގެ ނިޔަލަށް

އަންނަ އަހަރު މާލޭގައި އަލަށް ހުޅުވުމަށް ހަމަޖެހިފައިވާ ޢިއްޒުއްދީން ސްކޫލަށް ޕްރިންސިޕަލަކު ހޯދުމަށް އިއުލާންކޮށްފި އެވެ.

އެ ސްކޫލްގެ ޕްރިންސިޕަލަކަށް ވާން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ މި މަހުގެ 20 އެވެ. އެދުވަހުގެ 1:30 ގެ ކުރިން އެޑިޔުކޭޝަން މިނިސްޓްރީގެ ކައުންޓަރަށް ނުވަތަ އީމެއިލް މެދުވެރިކޮށްވެސް ހުށަހެޅޭނެކަމަށް އެޑިޔުކޭޝަނުން ބުނެއެވެ. ޕްރިންސިޕަލެއް އިތުރުން އެ ސްކޫލަށް ޑެޕިއުޓީ ޕްރިންސިޕަލަކާއި އެޑްމިނިސްޓްރޭޓަރަކު ހޯދަން ވެސް ވަނީ އިއުލާންކޮށްފަ އެވެ.

ޕްރިންސިޕަލަކު ހޯދުމަށް ކޮށްފައިވާ އިއުލާންގައި 9 ރޭންކެއް ކަނޑައަޅާފައިވާއިރު މުސާރަތައް ކަނޑައަޅާފައިވަނީ އެ ރޭންކުތަކަށެވެ. އެގޮތުން އެންމެ މަދުން ލިބެނީ އެމްއެސް 2 ރޭންކަށެވެ. އެ ރޭންކުގައި މުސާރައިގެ ގޮތުގައި 6،295 ރުފިޔާ އަދި ސާވިސް އެލަވަންސްގެ ގޮތުގައި 2،500 ރުފިޔާ ހިމަނާފައި ވެއެވެ. އެންމެ ބޮޑު މުސާރަ ކަނޑައަޅާފައިވަނީ އީއެކްސް 6 އަށެވެ. އެ ރޭންކަށް މުސާރައިގެ ގޮތުގައި 15،560 ރުފިޔާ އަދި އެލަވަންސް އަށް 2،500 ރުފިޔާ ލިބޭނެ އެވެ.

ކުރީގެ އެމްއީއެސް ހިންގި އިމާރާތުގައި ޢިއްޒުއްދީން ސްކޫލްގެ ކިޔެވުން ފަށާއިރު އެންމެ ފުރަތަމަ ކިޔަވައިދޭން ފަށާނީ ގްރޭޑް 1 ން 6 ށް ކަމަށް އެޑިޔުކޭޝަނުން ބުނެ އެވެ. އެއަށްފަހު ކޮންމެ އަހަރު ގްރޭޑެއް އިތުރު ކުރަމުންދާނެ އެވެ. މި ސްކޫލްގައި އެންމެ މައްޗަށް ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ގްރޭޑް 10 ކަށެވެ. މި ސްކޫލަށް ވަނުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
67%
0%
0%
33%
0%
0%
ކޮމެންޓް