އަންގާރަ 12 ނޮވެންބަރު 2019
12 ވިހާ
1441 ރަބީއުލް އައްވަލް 15
ފަތިސް 04:36
އިރުއަރާ 05:50
މެންދުރު 11:54
އަސްރު 15:13
މަޣްރިބް 17:50
އިޝާ 19:05
ރާއްޖެ - މިނިސްޓަރު ޝާހިދު

އަޔޯރާ ސަމިޓުގެ ތެރެއިން ގިނަ ގައުމުތަކުގެ އިސްވެރިންނާ މިނިސްޓަރު ޝާހިދު ބައްދަލުކުރައްވައިފި

  • ރާއްޖެއާ އެގައުމުތަކުގެ ގުޅުން އިތުރަށް ހަރަދުނާކުރުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވި
  • ދެގައުމު ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ބެހޭ ގޮތުން ވެސް މަޝްވަރާކުރެއްވި
  • މިއިީ ދިވެހިރާއްޖެއިން އަޔޯރާ ސަމިޓްގައި ބައިވެރިވި ފުރަތަމަ ފަހަރު

އަމްނާ އިމާދު
amnabinthimad

ކ. މާލެ 8 ނޮވެންބަރު 2019 | ހުކުރު 09:31 1,542

މިނިސްޓަރު ޝާހިދު، އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓްގެ ޑިރެކްޓަރ ޖެނަރަލް މުހައްމަދު އަލް ސުވައިދީއާ ބައްދަލުކުރައްވަނީ - ފޮރިން މިނިސްޓްރީ

އަޔޯރާ ސަމިޓުގެ ތެރެއިން ގިނަ ގައުމުތަކުގެ އިސްވެރިންނާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައްދަލުކުރައްވާ ރާއްޖެއާ އެގައުމުތަކުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާބެހޭ މަޝްވަރާކުރައްވައިފިއެވެ.

ޔުނައަޓެޑް އަރަބް އެމިރޭޓްސްގެ ވެރިރަށް އަބޫދާބީގައި ކުރިއަށްދިޔަ އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އަޔޯރާ) ގެ ކައުންސިލް އޮފް މިނިސްޓަރސްގެ 19 ވަނަ ބައްދަލުވުމުގައި ބައިވެރިވެޑައިގަތުމަށް ކުރެއްވި ދަތުރުފުޅުގައި ޖަޕާނުގެ ފޮރިން މިނިސްޓްރީގެ ޕާލިމެންޓްރީގެ ވައިސް މިނިސްޓަރު ނަކަޓާނީ ސިނީޗީއާ ބައްދަލުކުރައްވާފައިވާއިރު، ސީޝެލްސްގެ ސެކްރެޓަރީ އޮފް ސްޓޭޓް ބެރީ ފޮރީއާއި، އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓްގެ ޑިރެކްޓަރ ޖެނަރަލް މުހައްމަދު އަލް ސުވައިދީ އަދި މަޑަގަސްކަރާގެ ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ ޖެނަރަލް ރަޓްސިމަންޑާއޯ ތަހިރިމިއަރކަޑާޒާ ވަނީ ބައްދަލުކުރައްވާފައެވެ.

މީގެ އިތުރުން ސައުތު އެފްރިކާގެ ބައިނަލްއަގްވާމީ ގުޅުންތަކާ ބެހޭ މިނިސްޓަރު ޑރ.ނަލޭޑީ ޕެންޑޯއާއި، އިންޑިއާގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ވެއްލަމްވެއްލީ މުރަލީދަރަންއާއި، އިންޑިއަން އޯޝަން ރިމް އެސޯޝިއޭޝަން ސެކްރެޓަރީ ޖެނަރަލް ނަމްވުޔޯ ނޮކްވޭ އަދި ޔޫއޭއީގެ ފޮރިން މިނިސްޓަރު ޝެއިހް އަބްދުﷲ ބިން ޒައިދް ބިން ސުލްތާން އަލް ނަހުޔާންއާ ވަނީ ބައްދަލުކުރައްވާފައެވެ.

މިބައްދަލުކުރެއްވުންތަކުގައި މިނިސްޓަރު ޝާހިދު ވަނީ ރާއްޖެއާ އެގައުމުތަކުގެ ގުޅުން އިތުރަށް ހަރަދުނާ ކުރާނެ ގޮތްތަކާއި، ދެގައުމު ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ. އަދި އިންޑިއާ ކަނޑުގެ އަމާންކަން ބަލަހައްޓާ ކުރައްވާ މަސައްކަތްތަކަށް ގައުމުތަކުގެ އެއްބާރުލުން ދިނުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ.

މިއީ ނޮވެމްބަރ 2018 ގައި އަޔޯރާގެ މެމްބަރު ގައުމަކަށް ދިވެހިރާއްޖެ ވީ ފަހުން ދިވެހިރާއްޖެއިން އަޔޯރާ ސަމިޓްގައި ބައިވެރިވި ފުރަތަމަ ފަހަރެވެ. މިނިސްޓަރު ޝާހިދު ވަނީ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ހުކުރު ދުވަހު ހެނދުނު މާލެ ވަޑައިގެންފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް