ކ. މާލެ
|
8 ނޮވެންބަރ 2019 | ހުކުރު 00:30
އިންޑިއާގެ ބީސީސީއައި ޓީމު
އިންޑިއާގެ ބީސީސީއައި ޓީމު
އިންޑިއަން އެމްބަސީ
ކްރިކެޓް
ރާއްޖޭގެ ކްރިކެޓް ކުރިއެރުވުމަށް އިންޑިއާގެ ބީސީސީއައި ޓީމުން ރާއްޖެ އަތުވެއްޖެ
 
އިންޑިއާ އަކީ ކްރިކެޓުގައި ދުނިޔޭގެ ގަދަ ބާރެއް
 
މިއީ ރައީސުލްޖުމްހޫރިއްޔާ އަދި އިންޑިއާގެ ބޮޑުވަޒީރު މޯދީ އާއި ކުރެވުނު މަޝްވަރާގެ ދަށުން ފެށުނު މަސައްކަތެއް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދަލު ކުރެއްވުންތަކުގައި ރާއްޖޭގެ ކްރިކްޓް ކުރިއެރުވުމަށް އެއްބަސްވެލެއްވި އެއްބަސްވުމާއި އެއްގޮތަށް އިންޑިއާގެ ބޯރޑް އޮފް ކޮންޓްރޯލް ފޯރ ކްރިކެޓް އިން އިންޑިއާ (ބީސީސީއައި) ޓީމުން ރާއްޖެ އަތުވެއްޖެ އެވެ.

އިންޑިއާ އެމްބަސީއިން ބުނީ މިއީ ރައީސް ސޯލިހު އާއި އިންޑިއާގެ ބޮޑު ވަޒީރުގެ ބައްދަލުވުމުގައި ނިމިގެންދިޔަ ކަމެއް ކަމަށާއި އިންޑިއާގެ ބީސީސީއައި އިން ރާއްޖޭގެ ކްރިކެޓް ކޯޗުންނާއި، ކުޅުންތެރިންގެ އިތުރުން އަމްޕެޔަރުން ތަމްރީނު ކުރުމަށް ނިންމައިފައިވާ ކަމަށެވެ.

ބީސީސީއައި އިން ރާއްޖެއަށް މިކުރާ ދަތުރުގައި މިމަހު 8 ކުން 14 އަށް ލެވެލް 2 ކްރިކެޓް ކޯޗިން ކޯހެއް ހިންގުމަށް ނިންމައިފައިވާއިރު މި ކޯހުގައި 25 އަށް ވުރެ ގިނަ ކްރިކެޓް ކޯޗުން ބައިވެރިވާނެ ކަމަށް އިންޑިއާ އެމްބަސީއިން ބުނެއެވެ. އަދި މި މަހު 18 ގައި ކްރިކެޓް އަމްޕެޔަރުން ތަމްރީނު ކުރުމަށް ކޯހެއް ބޭއްވުމަށް ވެސް ނިންމައިފައިވާ ކަމަށްވެސް އިންޑިއާ އެމްބަސީއިން ބުނެއެވެ.

އިންޑިއާ އެމްބަސީއިން ބުނީ މި ދެކޯހުގެ ސަބަބުން ރާއްޖޭގެ ކްރިކެޓް ކޯޗުންނާއި އަމްޕެޔަރުންގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށާއި އަދި މުސްތަގުބަލުގައި ރާއްޖޭގެ ކުޅުންތެރިން އިންޑިއާއަށް ގޮސް އެ ގައުމުގައި ތަމްރީނު ހެދުމުގެ ފުރުސަތު ފަހި ކޮށްދޭނެ ކަމަށެވެ.

އިންޑިއާ އަކީ ކްރިކެޓްގައި ދުނިޔޭގެ ގަދަ ބާރެކެވެ. އެގޮތުން އިންޑިއާއިން ވަނީ ކްރިކެޓް ވޯލްޑްކަޕް ކާމިޔާބު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
100%
ކޮމެންޓް