އަންގާރަ 26 މެއި 2020
07 ރޯނު
1441 ޝައްވާލް 03
ފަތިސް 04:34
އިރުއަރާ 05:51
މެންދުރު 12:07
އަސްރު 15:29
އިރުއޮއްސޭ 18:15
އިޝާ 19:32
ކްރިކެޓް

ހައި ކޯޓުގެ އަމުރާއެކު ކްރިކެޓް ކޯޗު ފުލުހުންގެ ބެލުމުގެ ދަށަށް

  • އާސިފް ޚާން ހައްޔަރުކުރީ ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި

ކ. މާލެ | 8 ނޮވެންބަރ 2019 | ހުކުރު 00:22 | 2,926

ގައުމީ ކްރިކެޓް ޓީމުގެ ކޯޗު އާސިފް ޚާން - ފޭސްބުކް

ޖިންސީ ގޯނާގެ ތުހުމަތުކުރެވުނު ގައުމީ ކްރިކެޓް ޓީމުގެ ކޯޗު އާސިފް ޚާންގެ މައްސަލައިގައި ހައި ކޯޓުގެ އަމުރާއެކު ކްރިކެޓް ކޯޗު އަލުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި މައްސަލައާއި ގުޅިގެން އާސިފް ފުލުހުންގެ ބެލުމުގެ ދަށަށް އެންމެ ފުރަތަމަ ގެންދެވުނީ އޭނާ ފުރަން އެއާޕޯޓުގައި ހުއްޓައެވެ. ނަމަވެސް މުއްދަތު ޖެހުމަށް ކޯޓަށް ގެންދިޔުމުން 24 ގަޑިއިރު ފާއިތުވުމާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ އޭނާ ދޫކޮށްލައިފައެވެ.

ފުލުހުން ބުނީ 46 ގެ މީހާ (ގައުމީ ކްރިކެޓް ޓީމުގެ ކޯޗު) ހައްޔަރުކޮށް މައްސަލަ ތަހުގީގުކުރަން ފަށާފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޒުވާން ކްރިކެޓް ކުޅުންތެރިންނަށް އާސިފް ވަނީ އެކި ފަހަރު މަތިން ޖިންސީ ގޯނާ ކޮށްފައެވެ. އަދި އޭގެ ތެރޭގައި އޭނާ އެ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ 18 އަހަރު ނުފުރޭ ކުޅުންތެރިންވެސް ހިމެނޭ ކަމަށްވެއެވެ.

މީގެއިތުރުން އާސިފްގެ މައްސަލަ ފެންމަތިވެފައި އޮއްވައި، އޭނާއަށް އެއްވެސް ފިޔަވަޅެއް ނާޅައި ރާއްޖެއިން ފުރުވާލަން ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން މަސައްކަތް ކުރި ކަމަށްވެސް އަޑުތައް ވަނީ ފެތުރިފައެވެ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.