ހޯމަ 01 ޖޫން 2020
13 ރޯނު
1441 ޝައްވާލް 09
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:30
އިރުއޮއްސޭ 18:16
އިޝާ 19:34
އެފްއޭއެމް

ސެލްޓަ އާއި އެކު ވެވުނު އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ފުޓްބޯޅަ ކުރިއަރުވަން ސެލްޓައިން އެހީ ވާނެ: ބައްސާމް

  • އެފްއޭއެމް އާއި ސަރުކާރާއި ގުޅިގެން އަންނަނީ ފުޓޫބޯޅަ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން

ކ. މާލެ | 5 ނޮވެންބަރ 2019 | އަންގާރަ 19:11 | 2,836

ސެލްޓަގެ މައި އިދާރާގައި ބޭއްވުނު ހަފްލާގެ ތެރެއިން - ޓްވިޓަރ

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ސެލްޓަ ވީގޯއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ސެލްޓަ އިން ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ސެލްޓާގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ބައްސާމް ވިދާޅުވީ ތިން އަހަރުގެ މުއްދަތަށް ވެފައިވާ މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އެކި އުމުރުފުރާތަކުގެ ޤައުމީ ޓީމުތައް ސްޕެއިންއަށް ގޮސް ސެލްޓަގެ ޓްރެއިނިން ފެސިލިޓީސްތައް ބޭނުން ކުރެވޭނެ މަގު ފަހިވެގެންދާނެ ކަމަށެވެ. މީގެ އިތުރުން ބައްސާމް ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ރަހުމަތްތެރިކަމުގެ މެޗުތައް ކުޅުމާއި ކޯޗުން ތަމްރީނު ކުރުމާއި ސެލްޓަގެ އެކަޑަމީގައި ރާއްޖޭގެ ޤައުމީ ޓީމު ކުޅުންތެރިން ތަމްރީނުވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ބައްސާމް އިތުރަށް ވިދާޅުވީ އޮފް ސީޒަނުގައި ރާއްޖޭގެ ސީނިއަރ ޓީމު، ސެލްޓަގައި ކޭމްޕް ކުރާގޮތަށް މަޝަވަރާކުރެވުނު ކަމަށާއި، މި ކޭމްޕްގައި ރާއްޖޭގެ ސީނިއަރ ޤައުމީ ޓީމު ސެލްޓަގެ ސީނިއަރ ޓީމާއި ދެކޮޅަށް މެޗު ކުޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ހުޅުމާލޭގައި ހަދަމުންދާ ޤައުމީ ފުޓުބޯޅަ އެކަޑަމީއަށް ސެލްޓަގެ އެހީތެރިކަން ލިބިގެންދާނެ ކަމަށް ބައްސާމް ވަނީ ވިދާޅުވެފައެވެ. އެފްއޭއެމުން މީގެ ކުރިން ބުނެފައިވަނީ މި އެކަޑަމީ ހުޅުވިގެންދާނީ ދުނިޔޭގެ މަޝްހޫރު ފުޓުބޯޅަ އެކަޑަމީއަކާއި ގުޅިގެން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.