ހޯމަ 01 ޖޫން 2020
13 ރޯނު
1441 ޝައްވާލް 09
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:30
އިރުއޮއްސޭ 18:16
އިޝާ 19:34
އިސްލާމިކް ސްޓޭޓް

ތުރުކީ ސިފައިން ބަގްދާދީގެ ދައްތަ ހައްޔަރުކޮށްފި

  • ބަގްދާދީގެ ދައްތަ ހައްޔަރުކުރެވުނީ ސީރިޔާގެ އަޒާޒްގައި ހުރި ކޮންޓެއިނަރަކުން
  • އޭނާއާ އެކު އޭނާގެ ފިރިމީހާ އަދި ދަނބި ދަރިއަކު ވަނީ ހައްޔަރުކޮށްފައި
  • އެ މީހުންނާ ސުވާލުކޮށްގެން އިސްލާމިކް ސްޓޭޓާ ބެހޭ މުހިންމު އިންޓެލިޖެންސް ލިބޭނެކަމަށް ތުރުކީއިން ބުނޭ

ކ. މާލެ | 5 ނޮވެންބަރ 2019 | އަންގާރަ 10:52 | 5,031

އިސްލާމިކް ސްޓޭޓްގެ ލީޑަރު އަބޫ ބަކުރު އަލް-ބަގްދާދީ - ގޫގުލް

ސީރިއާގެ އަޒާޒްގައި ތުރުކީ ސިފައިން ހިންގި އޮޕަރޭޝަނެއްގައި، އިސްލާމިކް ސްޓޭޓްގެ މަރުވެފައިވާ ލީޑަރު އަބޫ ބަކުރު އަލް-ބަގްދާދީގެ ދައްތަ ރަސްމިޔާ އަވަދް ހައްޔަރުކޮށްފިއެވެ.

ހޯމަ ދުވަހު ތުރުކީ ސިފައިން ހިންގި އޮޕަރޭޝަންގައި، ރަސްމިޔާއާއެކު އޭނާގެ ފިރިމީހާ އަދި ދަނބި ދަރިއަކު ވަނީ ހައްޔަރުކޮށްފައެވެ. ރޮއިޓަރޒްއަށް މައުލޫމާތު ދިން ތުރުކީގެ އޮފިޝަލަކު ވިދާޅުވީ، ހައްޔަރުގައި ތިބި ތިން މީހުންނާ ވެސް ތުރުކީ ސިފައިން ސުވާލުކުރަމުންދާ ކަމަށެވެ.

އެ އޮފިޝަލް ވިދާޅުވީ، އެ މީހުން ހައްޔަރުކުރީ އަޒާޒް އަވަށުގައި ހުރި ކޮންޓެއިނަރަކަށް ޖެހި ރޭޑެއްގައި ކަމަށެވެ. އަދި އެ މީހުންގެ ފުށުން، އައިސިސްގެ އެތެރޭގެ ސިއްރުތަކާ ބެހޭ މުހިންމު އިންޓެލިޖެންސް ލިބިގެންދާނެ ކަމަށް ގަބޫލުކުރާ ކަމަށްވެސް އެ އޮފިޝަލް ވިދާޅުވިއެވެ.

އޮކްޓޫބަރު މަހުގެ ފަހުކޮޅު އެމެރިކާ ސިފައިން ހިންގި އޮޕަރޭޝަނެއްގައި، އަހަރުތަކެއް ވަންދެން ފިލައިގެން އުޅުނު ބަގްދާދީ ފެނިފައިވަނީ ސީރިއާގެ އިދްލިބް ޕްރޮވިންސްގައި ހުންނަ ގެއަކުންނެވެ. ބަގްދާދީ މަރުވީ ހަށިގޮއްވާލައިގެން ކަމަށް އެމެރިކާ ސިފައިން ހާމަކޮށްފައިވާއިރު، އޭނާއާ އެކު އެވަގުތު ކައިރީގައި ތިބި އޭނާގެ ދެ ދަރިންވެސް ވަނީ މަރުވެފައެވެ.

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.