އާދީއްތަ 12 ޖުލައި 2020
12 ފުނޯސް
1441 ޒުލްގައިދާ 21
ފަތިސް 04:42
އިރުއަރާ 06:00
މެންދުރު 12:15
އަސްރު 15:38
އިރުއޮއްސޭ 18:24
އިޝާ 19:41
ވޮލީ ބޯޅަ

ގައުމީ އަންހެން ވޮލީ ޓީމުގެ ކޭމްޕް ކެންސަލް ކޮށްފި

  • ގައިމީ އަންހެން ވޮލީ ޓީމުގެ ތެރޭގައި މައްސަލަތަކެއް އުޅޭ ކަމުގެ އަޑު ވަނީ ފެތުރިފަ

ކ. މާލެ | 2 ނޮވެންބަރ 2019 | ހޮނިހިރު 20:21 | 2,930

އަންހެން ވޮލީ ޓީމު - ސޯޝަލް މީޑިއާ

ގައުމީ އަންހެން ވޮލީ ޓީމު ތަމްރީނު ހެދުމަށް ރާއްޖެއިން ބޭރަށް ކުރަން ހަމަޖެހިފައިވާ ކޭމްޕް ކެންސަލް ކޮށްފިއެވެ.

ވޮލީ ބޯޅަ އެސޯސިއޭޝަން ތެރޭގައި އެކިވަރުގެ ހަމަނުޖެހުން ހިނގަމުންދާ މިދުވަސްވަރު ރާއްޖޭގެ ވޮލީ އެސޯސިއޭޝަން އެފްއައިވީބީ އިން ސަސްޕެންޑް ކުރާނެ ކަމުގެ ބިރުވެސް އެބައޮތެވެ.

ވޮލީ އެސޯސިއޭޝަނުގެ މައްސަލަތައް ފެންމަތިވެގެން ދިޔައީ ވީއޭއެމްގެ އިންތިހާބީ ކޮމެޓީ އަތުން ބާރުތަށް ނަގައި، އެ ބާރުތައް ސްޕޯޓްސް ކޮމިޝަނަރ އަހްމަދު ސަލީމް އިސްވެ ހުންނަވައި ހެދި ވޮލީ ނޯމަލައިޒޭޝަން ކޮމެޓީއާ ހަވާލުކުރި ހިސާބުންނެވެ. ނޯމަލައިޒޭޝަން ކޮމެޓީގެ ދައުރު މިހާރު ވަނީ ހަމަވެފައެވެ.

ދުނިޔޭގެ ވޮލީބޯޅައިގެ މައި އިދާރާ އެފްއައިވީބީ އިން ވަނީ ވޮލީގެ ނޯމަލައިޒޭޝަން ކޮމެޓީގެ ބަލައި ނުގަންނަ ކަމަށާއި އެ ކޮމެޓީއިން ނިންމާ ނިންމުންވެސް ބަލައި ނުގަންނާނެ ކަމަށް ބުނެފައެވެ. މީގެއިތުރުން ވޮލީ ނޯމަލައިޒޭޝަން ކޮމެޓީގެ ބަދަލުގައި ވޮލީ ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ އިންތިހާބީ ރައީސް މުހައްމަދު ލަތީފް (ލަތީބެ) އާއި މުއާމަލާތުކުރުމަށް ވެސް އެފްއައިވީބީއިން އަންގައިފައެވެ

އެފްއައިވީބީން މިހެން އަންގާފައިވަނިކޮށް، ނޯމަލައިޒޭޝަން ކޮމިޓީން ވަނީ ސައްހަ މެމްބަރު ކްލަބްތަކެއް ކަނޑަ އަޅައި، ވީއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި، ހިންގާ ގަވައިދަށް ބަދަލުތަކެއް ގެނެސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.