ކ. މާލެ
|
31 އޮކްޓޯބަރ 2019 | ބުރާސްފަތި 18:27
ޗައިނާ ފަތުރުވެރިންގެ ރައްކާތެރިކަމާއި ބެހޭ 3 ވަނަ ބައްދަލުވުމުގެ ތެރެއިން
ޗައިނާ ފަތުރުވެރިންގެ ރައްކާތެރިކަމާއި ބެހޭ 3 ވަނަ ބައްދަލުވުމުގެ ތެރެއިން
ރައީސް އޮފީސް
ޗައިނާ ފަތުރުވެރިންގެ ރައްކާތެރިކަމާއި ބެހޭ ބައްދަ
ޗައިނާ ފަތުރުވެރިންގެ ރައްކާތެރިކަމާއި ބެހޭ 3 ވަނަ ބައްދަލުވުން ބާއްވައިފި
 
މި ބައްދަލުވުމަކީ މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގ އެއްގެ ދަށުން ބާއްވަމުން އަންނަ ބައްދަލުވުމެއް
 
މި ބައްދަލުވުން ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދާއި، ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒަންގް ލިޒޮންގް
 
ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާގެ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި ބެހޭ ގޮތުން ކަމާއި ގުޅުން ހުރި އިދާރާތަކުގެ މެދުގައި މަޝްވަރާ ކުރެވުނު

ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާގެ ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި ބެހޭ ގޮތުން ކަމާއި ގުޅުން ހުރި އިދާރާތަކުގެ މެދުގައި ބާއްވާ 3 ވަނަ ބައްދަލުވުން ބުރާސްފަތި ދުވަހު ބާއްވައިފިއެވެ.

ޝެރަޓަން ފުލްމޫން ރިޒޯޓްގައި އޮތް މި ބައްދަލުވުން ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދާއި، ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒަންގް ލިޒޮންގް އެވެ. މި ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުވެސް ބައިވެރިވެވަޑައިގަތެވެ.

މި ބައްދަލުވުމަކީ 2014 ވަނަ އަހަރު ޗައިނާގެ ރައީސް ޝީ ޖިންގްޕިންގް ދިވެހިރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ދެޤައުމުގެ މެދުގައި ސޮއިކުރެވުނު މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގ އެއްގެ ދަށުން ބާއްވަމުން އަންނަ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާގެ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި ބެހޭ ގޮތުން ކަމާއި ގުޅުން ހުރި އިދާރާތަކުގެ މެދުގައި މަޝްވަރާކުރުމެވެ.

މި ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް ރައީސުލްޖުމްހިރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަމަށް އިޝާރާތް ކުރައްވާފައެވެ. އަދި މިފަދަ ބައްދަލުވުމެއްގެ ސަބަބުން ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރަން ހުރި ގޮންޖެހުންތައް އެނގި، އެކަންތައް ހައްލުކުރާނެ ގޮތާއިމެދު މަޝްވަރާކުރެވި، ރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާގެ ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމާއި ބެހޭ އިދާރާތަކުގެ މެދުގައި މުއާމަލާތްކުރުމަށް ފަސޭހަވެގެންދާނެ ކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.

އަދި ހަމައެއާއިއެކު އެ މަޝްވަރާތަކުގެ އަލީގައި ރަނގަޅު ނަތީޖާތަކެއް މިހާތަނަށް ނެރެވިފައިވާކަންވެސް މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ސްޓްރެޓީޖިކް ޕްލޭނާއި، އެމިނިސްޓްރީއިން ކުރަން ރާވާފައި ހުރި ބައެއް ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެމިނިސްޓްރީން ދެވެން ހުރި ހުރިހާ އެއްބާރުލުމެއް ދޭނެކަމުގެ ޔަޤީންކަން މިނިސްޓަރ އަލީ ވަހީދު ވަނީ އަރުވާފައެވެ. ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ވާހަކަފުޅުގައި، ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ރައްކާތެރި މާހައުލެއް ޤާއިމްކޮށްދިނުމަށް ދިވެހި ސަރުކާރުން ކޮށްދެއްވާ މަސައްކަތަށް ޝުކުރު އަދާކުރެއްވިއެވެ.

އަދި މި ބައްދަލުވުމުގެ ސަބަބުން ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުމަށް ލިބޭނެކަމަށް ސަފީރު ވިދާޅުވިއެވެ. މި ބައްދަލުވުމުގެ ޔައުމިއްޔާގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލާއި ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒަންގް ލިޒޮންގެވެ. މި ބައްދަލުވުމުގައި ފޮރިން މިނިސްޓްރީއާއި ޗައިނާ އެމްބަސީގެ އޮފިޝަލުންގެ އިތުރުން ޓޫރިޒަމް މިނިސްޓްރީ، ހެލްތު މިނިސްޓްރީ، މޯލްޑިވްސް އިމިގްރޭޝަން، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، މޯލްޑިވްސް ޕޮލިސް ސަރވިސް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލޓޑ، މަޓީ އަދި ކަމާއި ގުޅުން ހުރި އެހެން އިދާރާތަކުގެ އޮފިޝަލުން ބައިވެރިވެވަޑައިގެތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް