ކ. މާލެ
|
27 އޮކްޓޯބަރ 2019 | އާދީއްތަ 18:08
ހުވާގެ މަންޒަރެއްގެ ތެރެއިން
ހުވާގެ މަންޒަރެއްގެ ތެރެއިން
ފޭސްބުކް
ހުވާ
"ހުވާ" ސީޒަން ދޭއްގެ ޝޫޓިން އަންގާރަ ދުވަހު ފަށަނީ!
 
ފިލްމީ ދާއިރާގެ ސީނިއާ ގިނަ ތަރިން ފުރަތަމަ ސީޒަނުން ފެނުން
 
"ހުވާ" ގެ ފުރަތަމަ ސީޒަނަށް ބައިސްކޯފުން ސެޓެއް ތައްޔާރުކޮށްދިން

ބައިސްކޯފު އެޕުން ފުރަތަމަ ސްޓްރީމްކުރަން ފެށި ދިވެހި ފުރަތަމަ ވެބް ސީރީޒް (ހުވާ) ސީޒަން ދޭއްގެ ޝޫޓިން އަންގާރަ ދުވަހު ފަށަން ނިންމައިފިއެވެ.

ފާތިމަތު ނަހޫލާ (ނަހޫ) ގެ އަމިއްލަ ވާހަކަ އަކަށް އޭނާ ވެސް ޑައިރެކްޝަންގައި ބައިވެރި "ހުވާ" އަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލުވެގެން ދިޔަ ސިރީޒެއްކަން ފާހަގަކޮށްލެވެއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން ނަހޫ ބުނީ، "ހުވާ" ސީޒަން ދޭއްގެ ޝޫޓިން އަންގާރަ ދުވަހު ފެށިގެންދާނެ ކަމަށާއި މިފަހަރުގެ ސީޒަންވެސް ވަރަށް ތަފާތުވާނެ ކަމަށެވެ. އެ ސީޒަން ޝޫޓް ކުރުމަށް އިތުރު އެޕާޓްމަންޓެއް ހޯދަން ވެސް އޭނާ ވަނީ ދާދި ފަހުން އިއުލާންކޮށްފައެވެ.

"ހުވާ" ގެ ދެވަނަ ސީޒަންގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވަނީ މާލެ އަދި ހުޅުމާލޭގައެވެ.

ހުވާގެ މަންޒަރެއް

ބައެއް މަންޒަރުތައް ޝޫޓްކުރަން އެޕާޓްމެންޓެއް ހޯދަން ކުރި އިއުލާނާއި ގުޅިގެން ނަހޫ އަށް އެޕާޓްމަންޓެއް ލިބުން ކަމަށް އޭނާގެ ރަސްމީ ފޭސްބުކް ޕޭޖުގައި ޕޯސްޓުކޮށްފައިވާއިރު އޭނާ ބުނީ ގިނަ އަދަދެއްގެ ބަޔަކު މެސެޖް ވެސް ކުރި ކަމަށެވެ. އަދި ހުރިހާ ފަރާތްތަކަށް އޭނާ ވަނީ ޝުކުރު އަދާ ކޮށްފައެވެ.

ނަހޫ ބުނީ، "ހުވާ"ގެ ސީޒަން އެކަކުން ފެނުން ތަރިންގެ އިތުރުން މުޅިން އާ ތަރިން ސީޒަން ދެއަކުން ފެންނާނެ ކަމަށާއި އަދި އެ ތަރިންގެ ނަންތައް ހާމަކުރާނެ ކަމަށެވެ.

ދިވެހި މުޖުތަމައުގައި އާންމުވެފައިވާ ގިނަ މައްސަލަތަކަކަށް އަލި އަޅުވައިލައިގެން ހަދާފައިވާ "ހުވާ" ގައި ފިލްމީ ދާއިރާގެ ގިނަ އަދަދެއްގެ ތަރިންގެ އެކްޓިން ފެނިގެންދިޔައެވެ. އޭގެ ތެރޭގައި ޔޫއްޕެ، ޝީލާ، އިރުފާނާ، އާރިފާ، ރަވީ، ދޮން އައްޔަ، އައްޒަ، އާނަންދު އަދި ޖިމީ ފަދަ ތަރިންގެ އެކްޓިން ފެނުން އިރު ގިނަ ބަޔަކު ވަނީ އެ ތަރިންގެ އެކްޓިން އަށް ތައުރީފްކޮށްފައެވެ.

"ހުވާ" ސީޒަން ދޭއްގެ އެޕިސޯޑުތައް ބެލުންތެރިންނާ ހަމަޔަށް އަންނަ ވަރު ވާނީ އަންނަ އަހަރުގެ ކުރީކޮޅު ކަމަށް ނަހުލާ ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
71%
0%
0%
6%
24%
ކޮމެންޓް