ހޯމަ 01 ޖޫން 2020
13 ރޯނު
1441 ޝައްވާލް 09
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:30
އިރުއޮއްސޭ 18:16
އިޝާ 19:34
ކޮސް ގިނަ މިސްޓޭކް

"ކޮސް ގިނަ މިސްޓޭކް" ގެ ފަސްޓްލުކް: ސަޅިކަމުން ހަމަ ކޮސްކޮށްލައިފި!

  • ޓީޒާގައި ފިލްމުގެ ލަވަތަކުގެ ތަންތަން ހިމެނޭ
  • ކޮސް ގިނަ މިސްޓޭކް އަންނަ މަހު އަޅުވާނެ

ކ. މާލެ | 26 އޮކްޓޯބަރ 2019 | ހޮނިހިރު 08:25 | 25,982

ކޮސް ގިނަ މިސްޓޭކްގެ ޓީޒާގެ މަންޒަރެއް - ރާއްޖެއެމްވީ

ވީމީޑިއާގެ ދެވަނަ ފީޗަރ ފިލްމު "ކޮސް ގިނަ މިސްޓޭކް" ގެ ފަސްޓްލުކް އާންމުކޮށް ބެލުންތެރިން ހަމަ ރަނގަޅަށް ވެސް ކޮސް ކޮށްލައިފިއެވެ.

އެ ޓީޒަރ ލޯންޗުކުރީ ހުކުރު ދުވަހުގެ ރޭ ރާއްޖެ ޓީވީން ދެއްކި ކުލަ ސްކްރީން ޕްރޮގްރާމުގައެވެ. ފިލްމުގެ ދެތަރިން ކަމަށްވާ މަރިޔަމް އައްޒަ އާއި އިރުފާނާ އިބްރާހީމް ހިމެނޭ ގޮތަށް އެ ޕްރޮގްރާމުގައި އެ ޓީޒަރ ދައްކާލިއިރު ތަރިންގެ އެކްޓިން އިން ބެލުންތެރިން އާޝޯޚުކޮށްލާނެއެވެ.

ޓީޒަރ ގެނެސްދީފައިވަނީ ފިލްމުގައި ހިމެނޭ ފަސް ލަވައިގެން ބައެއް މަންޒަރުތައް ހިމެނޭގޮތަށެވެ. ލަވަތައް ވެސް އެހާމެ ހިތްގައިމެވެ. އެ ފަސް ލަވަ އަކީ ވެސް ކޮޕީ ރާގުތަކަށް ތައްޔާރުކޮށްފައިވާ ލަވަތަކެކެވެ.

ކޮސް ގިނަ މިސްޓޭކްގެ ޓީޒާގެ މަންޒަރެއް

ޓީޒަރ ފެށިގެންވެސް ދިޔައީ ހިތްގައިމުގޮތަކަށެވެ. "ރޮމޭންޓިކް ކޮމެޑީ" އެއްކަން ހާމަކޮށްދެއެވެ. އެހެން ނަމަވެސް ޓީޒަރގެ ފަހުކޮޅު ބެލުންތެރިންގެ ހިތުގައި ޖައްސުވާނެ މަންޒަރުތަކެއް ވެސް ތަރިންގެ އެކްޓިން އިން ފެނިގެންދިޔައެވެ. ޓީޒަރ ވަރަށް އަވަހަށް "ކޮސް ގިނަ މިސްޓޭކް" ގެ ރަސްމީ ފޭސްބުކް ޕޭޖުގައި ވެސް އާންމުކުރާނެއެވެ.

ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ އަމިއްލަ ވާހަކައަކަށް އޭނާ ޑައިރެކްޓްކުރާ "ކޮސް ގިނަ މިސްޓޭކް" ގެ ބޮޑު ބައި ޝޫޓް ކޮށްފައިވަނީ އދ. ފެންފުށީގައެވެ. އަދި ފިލްމުގެ ބައެއް މަންޒަރުތައް ސަން އައިލެންޑް ރިސޯޓްގައި ވެސް ނެގިއެވެ.

ކޮސް ގިނަ މިސްޓޭކްގެ ޓީޒާގެ މަންޒަރެއް

ގިނަ ތަރިން ހިމަނައިގެން އުފައްދާ އެ ފިލްމުގެ މައި ރޯލުތަކުން 14 ތަރިން ފެންނާނެއެވެ. އޭގެ ތެރޭގައި ހާމިދު އަލީ، އަހުމަދު އީސާ، އިރްފާނާ އިބްރާހީމް، މަރިޔަމް އައްޒަ، ނުޒުހަތު ޝުއައިބް، އަހުމަދު ނިމާލް، އަލީ އާޒިމް، އިބްރާހިމް ޝާފިއު، ގުލިސްތާން މުހައްމަދު، އަލީ ސީޒަން، އަހުމަދު ސައީދު، އައިޝަތު ލަހުފާ، މުހައްމަދު ނަވާލް އަދި ޔޫއްޕެ ހިމެނެއެވެ.

އަންނަ ނޮވެމްބަރު މަހު ފިލްމު ސިނަމާއަށް ގެންނަން ނިންމާފައިވީނަމަވެސް ސީދާ ވަކި ތާރީޚެއް އަދި ކަނޑަ އަޅާފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.