ކ. މާލެ
|
20 އޮކްޓޯބަރ 2019 | އާދީއްތަ 16:24
އަޒްރާ ނަސީމް
އަޒްރާ ނަސީމް
ޕޮލިސް
މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް
އެމްޑީއެންގެ މައްސަލާގައި އަޒްރާ ނަސީމް ފުލުހަށް ހާޒިރުކުރަނީ
 
ހާޒިރުވާން ޖެހެނީ ނޮވެމްބަރު މަހުގެ ފަސްވަނަ ދުވަހު
 
މައުލޫމާތު ލިބިފައިވާ ގޮތުން އަޒްރާ ދިރިއުޅުއްވަނީ އަޔަރލޭންޑްގައި

މައްސަލަ ބޮޑުވެގެން އުޅޭ މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވާރކް(އެމްޑީއެން) ގެ ރިޕޯޓާއި ގުޅިގެން އެ ރިޕޯޓް ތައްޔާރު ކުރުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި މިނިވަން ނޫހުގެ ކުރީގެ ނޫސްވެރިޔާ ހ. ސެލްވޭޝަން، ޑރ. ފާތިމަތު އަޒްރާ ނަސީމް ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

އާދިއްތަ ދުވަހު ފުލުހުންގެ އިދާރާއިން ކޮށްފައިވާ އިއުލާނެއްގައި ބުނީ، އެމްޑީއެނުން “ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ނަމުގައި ޝާއިޢުކުރި ރިޕޯރޓްގައި ކީރިތި ރަސޫލާއަށާއި، އިސްލާމްދީނަށް ފުރައްސާރަކޮށް ވާހަކަތައް ދައްކާފައިވާ މައްސަލައިގައި އަޒްރާގެ ބައިވެރިވުމެއް ވާކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން ތަހްޤީގަށް ސުވާލުކުރުމަށް އެ އިދާރާއަށް ހާޒިރުވާން ޖެހޭ ކަމަށެވެ.

އޭނާ ހާޒިރުވާން ޖެހެނީ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހުގެ ޝަހީދު ޙުސައިން އާދަމް ބިލްޑިންގް އަށެވެ.

އަޒްރާ މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ އަޔަރލެންޑްގައެވެ. އަޔަރލޭންޑުގެ ގްރިފްތް ކޮލެޖުން ޖާނަލިޒަމް އެންޑް މީޑިއާ ކޮމިއުނިކޭޝަނުން ޑިގްރީ ހާސިލު ކުރައްވާފައިވާ އަޒްރާ މާސްޓަރސް ޑިގްރީ ހާސިލްކުރެއްވީ އިންޓަނޭޝަނަލް ރިލޭޝަންސް އިންނެވެ.

އަޒްރާ ވަނީ މީގެ އަހަރުތަކެއް ކުރިން ޑަބްލިން ގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުން އަޒްރާ މިހާރު މަސައްކަތް ކުރައްވަނީ ޑަބްލިން ސިޓީ ޔުނިވަރސިޓީގައި ޓެރަރިޒަމް އެކްސްޕާޓެއް ގޮތުގައެވެ.

ފުލުހަށް ހާޒިރުކުރުމާއި ގުޅޭ ގޮތުން އަޒްރާގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
43%
14%
29%
0%
14%
ކޮމެންޓް