ކ. މާލެ
|
18 އޮކްޓޯބަރ 2019 | ހުކުރު 02:49
މަދީނާގައި ހިނގި އެކްސިޑެންޓް
މަދީނާގައި ހިނގި އެކްސިޑެންޓް
-
މަދީނާ
މަދީނާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 35 މީހުން މަރުވެއްޖެ
 
މި އެކްސިޑެންޓް ހިނގައިފައިވަނީ އުމްރާގެ އަޅުކަން ކުރަން އުޅުނު މީހުންތަކެއް ގޮވައިގެން ދަތުރުކުރި ބަހެއް ލޯޑަރެއްގައި ޖެހިގެން

މަދީނާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމްރާގެ މަތިވެރި އަޅުކަން އަދާކުރަން އުޅުނު 35 މީހުން މަރުވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގައިފައިވަނީ އުމްރާގެ އަޅުކަން ކުރަން އުޅުނު ބަޔަކު ގޮވައިގެން ދަތުރުކުރި ބަހެއް ލޯޑަރެއްގައި ޖެހިގެންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބަހާއި ލޯޑަރު ޖެހި އެކްސިޑެންޓު ވެފައިވަނީ އަލް-ހާލް އަވަށުގެ ކާރޫބާރޫ ބޮޑު މަގެއްގައެވެ.

އުމްރާގެ އަޅުކަމަށް މީހުން ގެންދާ ޖަމާއަތަކުން ކުއްޔަށް ހިފައިފައިވާ މި ބަސް ލޯޑަރުގައި ޖެހުނު އިރު އޭގައި 39 މީހުން ތިބި ކަމަށް ސައުދީ ފުލުހުން ބުނެއެވެ. އަދި މި ހާދިސާގައި ޒަހަމްވި ހަތަރު މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާކަމަށް ފުލުހުން ބުނެއެވެ.

ސައުދީގެ މީޑިއާ ތަކުން ބުނެފައިވަނީ މި ހާދިސާގައި ބަހުގައި ދަތުރު ކުރަމުންގެންދިޔައީ އޭޝިޔާގެ ގައުމުތަކަށް ނިސްބަތްވާ މީހުންނާއި އަރަބި ގައުމުތަކުގެ މީހުން ކަމަށާއި އެ މީހުންނަކީ ސައުދީގައި މަސައްކަތް ކުރަމުންގެންދާ މީހުން ކަމަށެވެ.

މި ހާދިސާ ސައުދީގެ ފުލުހުން މިހާރު ގެންދަނީ ތަހްގީގު ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
100%
0%
0%
0%
ކޮމެންޓް