ކ. މާލެ
|
13 މާރޗް 2017 | ހޯމަ 22:30
ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތްތައް ދިނުން ހުއްޓާލުމަށް ވަނީ ނިންމާފަ
ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތްތައް ދިނުން ހުއްޓާލުމަށް ވަނީ ނިންމާފަ
ގޫގުލް
އޮސްޓެރޭލިއާ
ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ
 
އެފަދަ ކުދިންނަށް ޕްރީސްކޫލްތަކުންވެސް ޖާގައެއް ނުލިބޭނެ
 
ވެކްސިން ނުޖަހާ ކުދިންނަށް ޗައިލްޑް ކެއާގެ ޚިދުމަތެއް ނުލިބޭނެ

ވެކްސިން ނުޖަހާ ތިބޭ ކުޑަކުދިންނަށް ޗައިލްޑް ކެއާ ސެންޓަރުތަކުން ޚިދުމަތް ދިނުން ހުއްޓާލުމަށާއި، ޕްރީ ސްކޫލްތަކުން ޖާގަ ނުލިބޭގޮތަށް ޤަނޫނެއް ފާސް ކުރުމަށް އޮސްޓްރޭލިއާ ސަރުކާރުން މަސައްކަތް ފަށައިފިއެވެ.

އޮސްޓްރޭލިއާގެ ބައެއް ޕްރީސްކޫލްތަކުގައި މިފަދަ ޤަވާއިދެއް މިހާރުވެސް ގެންގުޅޭއިރު، ބޮޑުވަޒީރު މެލްކޮމް ޓަރންބުލް މަސައްކަތް ކުރައްވަމުން ގެންދަވަނީ މިކަން ޤާނޫނެއްގެ ގޮތުގައި ފާސްކޮސް، މުޅި އޮސްޓްރޭލިއާގައި މި އުސޫލް ހިންގެވުމަށެވެ.

އޮސްޓްރޭލިއާގައި ދާދި ފަހުން ހެދި ސަރވޭތަކަކުން ދައްކާ ގޮތުގައި، އޮސްޓްރޭލިއާގެ ވެކްސިން ޖަހަން ޖެހޭ އުމުރުގެ ކުދިންގެ 5 އިންސައްތަ ކުދިންނަށް ބޭނުންވާ ހުރިހާ ވެކްސިންތަކެއް ދީފައެއް ނުވެއެވެ.

މި ސަރވޭ އާއި، ހޯއްގޮވާ ކެއްސާ ބަލި ޖެހިގެން އޮސްޓްރޭލިއާގައި މަރުވި ކުއްޖެއްގެ ކޭސްއަށް އަލިއަޅުއްވާލައްވައި، ބޮޑުވަޒީރު ޓަރންބުލް ވިދާޅުވީ، މިއީ ހަމައެކަނި ވާހަކަތަކެއް ނޫން ކަމަށާ، މިއީ ދިރިހުރުމާއި މަރާއި ގުޅިފައިވާ ކަމެއް ކަމަށެވެ.

ޓަރންބުލް ވިދާޅުވީ، ކުޑަކުދިންނަށް ވެކްސިން ދިނުމަށް ބެލެނިވެރިން ދެކޮޅުހަދާނަމަ، އެފަރާތްތަކުން ނުރައްކަލަށް އެ ހުށަހަޅަނީ ހަމައެކަނި އެކުދިން ނޫން ކަމަށާ، އެކުދިންނާއެކު އުޅޭ އެހެން ކުދިންވެސް އެ ނުރައްކަލަށް ހުށަހެޅިގެންދާ ކަމަށެވެ.

އޮސްޓްރޭލިއާގައި ވެކްސިން ޖެހުމަކީ ޤާނޫނީ ގޮތުން މަޖުބޫރު ކަމަކަށް ހެދުމުގެ މަސައްކަތް ކުރަމުން ދާއިރު، ވެކްސިން ނުޖަހާ ކުދިންގެ ބެލެނިވެރިން މިހާރުވެސް ވަނީ ބެލެނިވެރިންނަށް ދޭ ބައެއް އިނާޔަތްތަކުން އިސްތިސްނާ ކޮށްފައެވެ.

އޮސްޓްރޭލިއާ ސަރުކާރުގެ މި މަސައްކަތަށް އެ ޤައުމުގެ އެކި މުއައްސަސާތަކުން ދަނީ ބޮޑު އެއްބާރުލުމަކާއި ތަރުޙީބެއް ދެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
0%
0%
0%
0%
ކޮމެންޓް