ހުކުރު 15 ނޮވެންބަރު 2019
02 ނޮރަ
1441 ރަބީއުލް އައްވަލް 18
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05
ދުނިޔެ - ކްރައިސްޓް ޗާޗް ހަމަލާ

މިސްކިތަށް ހަމަލާދިން މީހާ ހުއްޓުވި ދެ ފުލުހުންނަށް ހިތްވަރުގަދަ އެވޯޑް ދީފި

  • އަދާކުރީ ވަޒީފާގެ މަސްއޫލިއްޔަތު
  • އެވޯޑް ހަވާލުކޮށްދެއްވީ ބޮޑު ވަޒީރު

އަލީ ސަމާޚް
AliSamah8

ކ. މާލެ 16 އޮކްޓޯބަރ 2019 | ބުދަ 16:45 23,131

ކްރައިސްޓްޗާޗްގެ ނޫރް މިސްކިތް ކައިރީ ފުލުހުން ފޯރިމަރަނީ - އަލްޖަޒީރާ

ނިއުޒިލޭންޑްގެ ދެ މިސްކިތަކަށް މި އަހަރު ކުރީކޮޅު ހަމަލާދިން 51 އަހަރުގެ މީހާ ހައްޔަރުކޮށް، އިތުރު ގިނަ މީހުން މަރުގެ ހަމަލާއިން ސަލަމާތް ކޮށްދިނުމަށް މަސައްކަތް ކުރި ފުލުހުންގެ އޮފިސަރުންނަށް އެވޯޑްދީފި އެވެ.

ނިއުޒިލޭންޑްގެ ފުލުހުންގެ އިދާރައިން ބުދަ ދުވަހު އެ ދެ އޮފިސަރުންނަށް ދީފައިވަނީ ހިތްވަރުގަދަ އެވޯޑެވެ. މީގެ ހަތްމަސް ކުރިން ދިން ހަމަލާގައި، ދެ އޮފިސަރުން ވަނީ ކްރައިސްޓްޗާޗް ސިޓީގެ މަގުގައި ހަމަލާދިން ކަމަށް ޝައްކު ކުރެވޭ މީހާ ދުއްވަފައި ދިޔަ ކާރު ހުއްޓުވުމައި, އެ މިހާ ދުއްވަން އިން އުޅަނދުން އޭނާ ނެރެ ހައްޔަރު ކޮށްފައެވެ.

އެ ދެމީހުންނަަށް ފާހަގަވެފައިވަނީ, ބްރެންޓޮން ޓަރަންޓްގެ މެނިފެސްޓޯގައި ހިމެނޭ އޭޝްބަރްޓަންގެ ތިން ވަނަ މިސްކިތަކަށް ހަމަލާދޭން އުޅެނިކޮށް ހަމަލާ ހުއްޓުވި އޮފިސަރުންގެ ގޮތުގައެވެ.

އަންނަ ޖޫން މަހު ޓަރަންޓުގެ ޝަރީޔަތް ބާއްވަން ހަމަޖެހިފައިވާިއރު، ނިއުޒިލޭންޑުގެ ކޯޓުން ވަނީ އެމީހުންގެ ވަނަވަރު ހާމަނުކުރުން ނިންމާފައެވެ.

އޮފިސަރުންގެ މައުލޫމާތު އާއްމުންނަށް ހާމަކޮށްފައިނުވާއިރު، އެވޯޑް ހަވާލުކޮށްފައިވަނީ މީޑިއާތައް ނުވައްދާ ބޮޑު ވަޒީރު ޖަސިންޑާ އާޑަން ބޭއްވި ރަސްމިއްޔާތެއްގައެވެ.

އޮފިސަރުން ބުނީ، އެމީހުން އަދާކުރީ ވަޒީފާގެ މަސްއޫލިއްޔަތު ކަމަށާއި، އެމީހުންގެ މަސައްކަތަށް އާއިލާއިން ފަހުރުވެވާ ކަމަށެވެ. އަދި އޭގެ ސަބަބުން ފާއިތުވި މަސްތަކުގައި އެތައް ބަޔަކަށް އެހީތެރިކަން ލިބިފައިވާ ކަމަށެވެ.

ނިއުޒިލޭންޑްގެ އެންމެން އެކަތިގަނޑަކަށްވެ އެފަދަ ޖަަރިމާތަކާއި ދެކޮޅަށް އުފުލާފައިވާ އަޑުތަކައީ އެ ހަމަލާގެ ފަހަތުގައިވާ މީހުންނާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާއި މެދު ފަހުރުވާ ކަމަށް އޮފިސަރުން ނެރެފައިވާ ބަޔާނެއްގައި ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް