ބުދަ 27 މެއި 2020
08 ރޯނު
1441 ޝައްވާލް 04
ފަތިސް 04:34
އިރުއަރާ 05:51
މެންދުރު 12:07
އަސްރު 15:29
އިރުއޮއްސޭ 18:15
އިޝާ 19:32
ލީނާ

ދިިވެހި ފިލްމު "ލީނާ" ލީކްވެއްޖެ

  • ލީނާ ލީކްކޮށްލިކަން ޑައިރެކްޓަރަށް ވެސް ނޭންގޭ
  • ލީނާ ވަނީ ޔޫޓިއުބްގައި ލީކްކޮށްލާފަ

ކ. މާލެ | 15 އޮކްޓޯބަރ 2019 | އަންގާރަ 23:44 | 41,010

ލީނާގެ ޕޯސްޓަރެއް - ފޭސްބުކް

މިއަހަރުގެ ޖުލައި މަހު 23 ގައި ރިލީޒްކުރި ދިވެހި ފިލްމު "ލީނާ" ލީކްވެއްޖެއެވެ.

އެ ފިލްމު ވަނީ މިދިޔަ ހޮނިހިރު ދުވަހު ޔޫޓިއުބްގައި އާންމުކޮށްފައެވެ. މިހާތަނަށް ގިނަ އަދަދެއްގހެ ބަޔަކު ވަނީ އެ ފިލްމު ޔޫޓިއުބުން ބަލާފައެވެ.

ފިލްމުގެ ޑައިރެކްޓަރު އަބްދުﷲ މުއާޒް ބުނީ، ފިލްމު ޔޫޓިއުބްގައި ލީކްކޮށްލި ކަން ކުރިން ނޭންގޭ ކަމަށާއި ލީކް ކޮށްލި ފަރާތެއް ވެސް ނޭންގޭ ކަމަށެވެ.

"ލީނާ"ގެ ކާމިޔާބު ޝޯތަކެއް އޮލިމްޕަހުގައި ދެއްކުމަށްފަހު ވަނީ އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ވެސް ދައްކާފައެވެ.

މީގެ އަށާރަވަރަކަށް އަހަރު ކުރިން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފާހާނައެއް ތެރޭގައި ވަރަށް އަނިޔާވެރިގޮތަކަށް މަރާލި އަޒްލީނާ ނަފީސް ގެ މަރުގެ ހާދިސާ އަސްލަކަށް ބަލައިގެން ހެދި އެ ފިލްމުގެ ލީޑު ރޯލުން ފެނިގެންދިޔައީ މަޝްހޫރު ފިލްމީތަރި މަރިޔަމް އައްޒަ އެވެ. އައްޒަ އެ ފިލްމުގައި ލީނާގެ ރޯލުން ފެނުނު އިރު ގާތިލްގެ ރީލުން ފެނިގެންދިޔައީ މުއާޒްއެވެ.

އއ. އުކުޅަހުގައި ޝޫޓްކޮށްފައިވާ އެ ފިލްމުން ނުޒުހަތު ޝުއައިބް އާއި އަހުމަދު ސައީދު އަދި ޒީނަތު އައްބާސްގެ އިތުރުން އަހުމަދު އީސަ އަދި މަރިޔަމް ހަލީމް ފަދަ ތަރިންގެ އެކްޓިން ފެނިގެންދިޔައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.