ކ. މާލެ
|
15 އޮކްޓޯބަރ 2019 | އަންގާރަ 22:22
ހާރިޖީ ވަޒީރު ތައިލެންޑްގެ ފޮރިން މިނިސްޓްރީގެ ބޭފުޅުންތަކަކާއި އެކު
ހާރިޖީ ވަޒީރު ތައިލެންޑްގެ ފޮރިން މިނިސްޓްރީގެ ބޭފުޅުންތަކަކާއި އެކު
ހާރިޖީ ވުޒާރާ
ޝާހިދުގެ ތައިލެންޑް ދަތުރުފުޅު
ރަސްމީ ދަތުރުފުޅެއްގައި ޝާހިދު ތައިލެންޑަށް
 
ތައިލެންޑަކީ ދިވެހިންގެ ތެރޭގައި މަގުބޫލު މަންޒިލެއް
 
ޝާހިދު ވަޒީރުކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން ދިވެހިންނަށް ތައިލެންޑަށް ވިސާއާ ނުލާ ދެވޭގޮތް ވަނީ ހަމަޖައްސަވައިދެއްވާފައި
 
މިނިސްޓަރ ޝާހިދު ތައިލެންޑަށް ވަޑައިގަންނަވަނީ މި މަހުގެ 15 އިން 17 އަށް

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ތައިލެންޑަށް ވަޑައިގެންފިއެވެ.

އޮކްޓޯބަރު މަހުގެ 15 އިން 17 އަށް މިނިސްޓަރ ޝާހިދު ތައިލެންޑަށް ކުރައްވާ މިދަތުރުފުޅަކީ ތައިލެންޑްގެ ފޮރިން މިނިސްޓަރ ޑޮން ޕްރަމުދްވިނާއީގެ ދައުވަތަކަށް އެޤައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

ދިވެހިރާއްޖެއާއި ތައިލެންޑާއި ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރެވުނުތާ 40 އަހަރު ފުރޭ މުނާސަބަތާއި ދިމާކޮށް މިނިސްޓަރ ޝާހިދު ތައިލެންޑަށް ކުރައްވާ މިދަތުރުފުޅުގައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭ ގޮތުން ތައިލެންޑްގެ ފޮރިން މިނިސްޓަރާއިއެކު މަޝްވަރާކުރައްވާނެއެވެ.

މިނިސްޓަރ ޝާހިދުގެ މި ދަތުރުފުޅުގައި ތައިލެންޑްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ ރަސްމީކޮށް ހުޅުވައިދެއްވާނެއެވެ. ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ޤާއިމްކޮށްފައިވާ ދިވެހިރާއްޖޭގެ އެމްބަސީގެ ސަބަބުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް ލުއިފަސޭތައް ލިބިގެންދާނެކަމަށް ހާރިޖީ ވުޒާރާއިން ބުނެފައިވެއެވެ. އަދި ދިވެހިރާއްޖޭގެ އެކި އުފެއްދުންތައް ތައިލެންޑްގެ ބާޒާރަށް ނެރެ މާކެޓްކުރުމާއި، ދެޤައުމުގެ ވިޔަފާރިވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް ވެސް ހާރިޖީ ވުޒާރާއިން މައުލޫމާތު ދީފައިވެއެވެ.

ތައިލެންޑަކީ ދިވެހިރާއްޖޭގެ ވިޔަފާރީގެ މުހިއްމު ބައިވެރިއެކެވެ. އަދި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހި ސަރުކާރުން އިސްކަންދޭކަމުގެ ޔަޤީންކަން މިނިސްޓަރ ޝާހިދުގެ މިދަތުރުފުޅުގައި ތައިލެންޑް ސަރުކާރަށް އަރުވަން ވަނީ ހަމަޖެހިފައެވެ.

ހާރިޖީ ވަޒީރު ކަމާއި ޝާހިދު ހަވާލުވެވަޑައިގެންނެވި ފަހުން، ދިވެހިންނަށް ވިސާއާ ނުލާ ތައިލެންޑަށް ދެވޭނެ ގޮތް ވަނީ ހަމަޖައްސަވައިދެއްވާފައެވެ. ތައިލެންޑަކީ ވިޔަފާރީގެ ބޭނުންތަކަށާއި ޗުއްޓީ ހޭދަކޮށްލުމަށް ގިނަ އަދަދެއްގެ ދިވެހިން ދަތުރުކުރާ، ދިވެހިންގެ ތެރޭގައި މަގުބޫލް މަންޒިލެކެވެ.

0%
0%
0%
50%
0%
50%
ކޮމެންޓް