ކ. މާލެ
|
15 އޮކްޓޯބަރ 2019 | އަންގާރަ 21:46
އާސަންދަ
އާސަންދަ
ގޫގުލް
މެރަނާ
މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށް "މެރަނާ" ސްކީމްގެ ޚިދުމަތް ދޭން ފަށައިފި
 
މެރަނާ" ސްކީމްގެ ކޮންމެ ބައިވެރިއަކަށް ޖުމްލަ، ކަވަރޭޖްގެ ގޮތުގައި 150000 ރުފިޔާ ހަމަޖެހިފައިވޭ

މެލޭޝީޔާގައި ދިރިއުޅޭ ދިވެހިންނަށް ބޭސްފަރުވާގެ ޚިދުމަތް ހޯދުމުގައި ލުއި ގޮތް ތަކެއް ފަހިކޮށްދިނުމަށް ގާއިމުކޮށްދީފައިވާ "މެރަނާ" ސްކީމްގެ ޚިދުމަތް، މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށް ދޭން ފަށައިފި ކަމަށް އާސަންދައިން ބުނެފިއެވެ.

އެކުންފުނިން އަންގާރަ ދުވަހު ނެރެފައިވާ ބަޔާނުގައި ވަނީ އެ ސްކީމްގެ ޚިދުމަތް އަންގާރަ ދުވަހު ފަށާފައިވާ ކަމަށެވެ.

"މެރަނާ" ސްކީމްގެ ކޮންމެ ބައިވެރިއަކަށް ޖުމްލަ، ކަވަރޭޖްގެ ގޮތުގައި 150000 ރުފިޔާ ހަމަޖެހިފައިވެއެވެ. އެނދުމަތިނުކޮށް ނަގާ ޚިދުމަތްތަކުގެ މިންވަރަކީ ޖުމްލަ ކަވަރޭޖްގެ ތެރެއިން އަހަރަކު 10000 ރުފިޔާއެވެ. އަދި އެނދުމަތިކޮށްގެން، އައުޓްޕޭޝަންޓް ކަވަރޭޖް ހިމަނައިގެން ދެވޭ ޚިދުމަތްތަކުގެ އަގަކީ ޖުމްލަ 150000 ރުފިޔާއެވެ.

މި ސްކީމް މެލޭޝިޔާގައި ދިރިއުޅޭ ރައްޔިތުންނަސް ދޭން ފަށާފައިވާއިރު މި ސްކީމްއަށް ރަނގަޅު ބަދަލުތަކެއް ގެނެވިފައިވާ ކަމަސް އާސަންދައިން ބުނެއެވެ. އެގޮތުން ހުށަހެޅޭ ބޭސްފަރުވާގެ ބިލްތަކުގެ ޖުމްލަ އަދަދުގެ ތެރެއިން ސްކީމުން ހަރަދުކުރާ މިންވަރު، ސްރީލަންކާ އަދި އިންޑީޔާ ހިމެނޭ ގޮތަށް 65% އަށް އިތުރުވެކޮށްފައިވާ ކަމަށް އާސަންދައިން ވަނީ ބުނެފައެވެ.

އާސަންދައިން ބުނީ މެރަނާ ސްކީމްގެ ދަށުން " ކޭޝްލެސް" ޚިދުމަތް ހަމަޖެހިފައި ނުވާ ކަމަށެވެ. މެރަނާ ސްކީމްގައި ރަޖިސްޓަރ ވެފައިވާ މެލޭޝިޔާގައި ދިރިއުޅޭ ދިވެހިން، ޚިދުމަތް ލިބިގަތުމަށްފަހު "ރީއިމްބަރސްމަންޓް" ފޯމު ފުރިހަމަ ކުރުމަށްފަހު ޚިދުމަތް ހޯދި ބިލްތަކުގެ ކޮޕީ އާއި އެކު ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ފައިސާ ހަމަޖެހިގެންދާނެ ކަމަށް އާސަންދައިން ވަނީ ބުނެފައެވެ. މެރަން ސްކީމްގެ ދަށުން ގަބޫލުކުރާ ހޮސްޕިޓަލްތަކުގެ ފުރިހަމަ ލިސްޓު އާސަންދަ ކުންފުނީގެ ވެބްސައިޓުން ލިބޭނެއެވެ.

ސްރީލަންކާ، އިންޑީއާ އަދި މެލޭޝިޔާގައި ދިރިއުޅޭ ރައްޔިތުންނަށް ބޭސްފަރުވާގެ ޚިދުމަތް ހޯދުމުގައި ލުއި ގޮތްތަކެއް ހޯއްދަވައިދެއްވުމަކީ ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް