ބުދަ 13 ނޮވެންބަރު 2019
13 ވިހާ
1441 ރަބީއުލް އައްވަލް 16
ފަތިސް 04:36
އިރުއަރާ 05:50
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05
ރާއްޖެ - ޓެކްސީ ކުރާ އަގުތައް

މިހާރު ހުރި އަގުތަކުގައި ޓެކްސީ ކޮށްގެން ގެއްލުމެއް ނުވާނެ: ޓްރާންސްޕޯޓް މިނިސްޓްރީ

  • ޓެކްސީ ކުރުމުގެ އަގުތައް ކަނޑައަޅާފައިވަނީ މީޓަރ ބޭސިސްއަށް ބެލުމަށް ފަހު
  • މީޓަރު ހަރުކުރާ ގޮތަށް އެކަނި މަޝްވަރާކުރެވިފައެއް ނުވޭ

އަމަން ހަލީމް
soupized

ކ. މާލެ 18 އޮކްޓޯބަރ 2019 | ހުކުރު 13:05 1,797

މާލޭގައި ދަތުރުކުރާ ޓެކްސީއެއް - މުހައްމަދު ޝަރުހާން

މާލޭ ސަރަހައްދުގައި ޓެކްސީ ކުރުމަށް ކަނޑައަޅާފައިވާ އަގުތަކުން، ޓެކްސީ ކުރާ ފަރާތްތަކަށް ގެއްލުމެއް ނުވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އަދި ތަރިކައިގެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން، ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަލީ ޝިމާޒް ވިދާޅުވީ، ޓެކްސީ ކުރާ ފަރާތްތަކަށް ކުރިން ލިބުނު އާމްދަނީއަށް ވުރެ މަދު އަދަދެއް މިހާރު ލިބޭނެއެކޭ ނުދަންނާވާނެ ކަމަށެވެ.

ޝިމާޒް ވިދާޅުވި ގޮތުގައި، ޓެކްސީ ކުރުމުގެ އަގުތައް ކަނޑައަޅާފައިވަނީ މީޓަރު ހަރުކޮށްގެން ޓެކްސީ ކުރުމުން، ކިލޯ މީޓަރަކަށް ޖެހޭ ރޭޝިއޯއަށް ބަލާފައެވެ. އަދި ޓެކްސީ ކުރާ ފަރާތްތަކުން ބޭނުންކުރާ އެޕަކީ ވެސް މީޓަރ ބޭސިސްއަށް ބެލުމަށް ފަހުގައި ތައްޔާރުކޮށްފައިވާ އެޕެއް ކަމަށް ޝިމާޒް ވިދާޅުވިއެވެ.

އެޕް މިހާރު ވެސް ޑިޒައިން ކޮށްފައި ވަނީ، އަގުތައް ކަނޑައަޅާފައިވަނީ މާލެއާ ހުޅުމާލެއާ ދޭތެރޭގެ މީޓަރ ބޭސިސްއަށް ބަލާފައި، ޕަރ ކިލޯމީޓަރ އަށްވާ ރޭޝިއޯއަށް ވާއަގުތައް ބަލާފައި. އަޅުގަނޑު ނުދައްނަވާނަން ޑްރައިވަރުންނަށް މިކަމުގެ ސަބަބުން އެއްވެސް ގެއްލުމެއް (އަދި) ކުރިން ލިބުނު ވަރަށް ވުރެ މަދު އަދަދެއް ލިބިދާނެކަމަށް.

~ ޑެޕިއުޓީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އަލީ ޝިމާޒް

ޓްރާންސްޕޯޓް މިނިސްޓްރީން ކުރިން ނިންމާފައި އޮތީ ޓެކްސީތަކުގައި މީޓަރު ހަރުކުރާ ގޮތަށް ކަމަށް ބުނެ ޓެކްސީ ޑްރައިވަރުން ޖަމިއްޔާއިން ދައްކާ ވާހަކަތައް މިނިސްޓްރީން ވަނީ ދޮގުކޮށްފައެވެ. އެގޮތުން ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވީ، އެއްވެސް އިރެއްގައި މީޓަރު އެކަނި ބޭނުންކުރާ ގޮތަކަށް ޓެކްސީ ޑްރައިވަރުންނާ އެކު އެއްބަސްވެވިފައި ނުވާ ކަމަށެވެ.

ނަހުލާ ވިދާޅުވީ، ދެކެވުނީ އެޕް ނުވަތަ މީޓަރު ހަރުކުރާ ވާހަކަ ކަމަށާއި، މިކަމުގައި ގޮތެއް ނިންމުމުގައި ބަލާފައި ވަނީ ރައްޔިތުންނަށާއި އަދި ޓެކްސީ ޑްރައިވަރުންނަށް ވެސް އެންމެ ލުއި ފަސޭހަ ގޮތް ބެލުމަށް ފަހުގައި ކަމަށެވެ.

އަޅުގަނޑުމެން ވާހަކަދެއްކީ މީޓަރު ނޫނީ އެޕްލިކޭޝަނެއްތޯ. މިއިން ކޮން ގޮތެއްތޯ ރައްޔިތުންނަށް ފަސޭހަ ވާނީ އަދި ހިދުމަތް ދޭ ނޫނީ ހިދުމަތް ހޯދާ ފަރާތަށް ބޮޑަށް އެކްސެސް ވެވޭނީ ކިހިނެއްތޯ.

~ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ

އެޕަކަށް ދިއުމަށް ނިންމާފައިވަނީ، ކަމާބެހޭ ވުޒާރާތަކާއި ރައީސް އޮފީހާއި މާލެ ސިޓީ ކައުންސިލް ހިމެނޭ ކޮމިޓީއެއްގައި މަޝްވަރާކުރުމަށްފަހުގައެވެ. މިނިސްޓަރ ނަހުލާ ވެސް ވަނީ، އެޕްލިކޭޝަން ބޭނުންކުރުމާ ގުޅިގެން އެއްވެސް ފަރާތަކަށް ގެއްލުމެއް ވެގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ.

އެޕަކަށް ދިއުމަށް ނިންމާފައިވަނީ، އަޅުގަނޑުމެން އެކަނި ނިންމި ނިންމުމެއް ނޫން. އަޅުގަނޑުމެންގެ އޮވޭ ކޮމިޓީއެއް. އެއީ މިކަންތައްތަކާ ގުޅޭ އެހެން މިނިސްޓްރީތައް، މިސާލަކަށް ޕްލޭނިންގ މިނިސްޓްރީ، ސިޓީ ކައުންސިލް، ޓްރާންސްޕޯޓް އޮތޯރިޓީ (އަދި) ރައީސް އޮފީސް. މިބޭފުޅުން ހިމެނޭ ކޮމިޓީއަކުން ވާހަކަދައްކާ އޭގެ ފަހުގައި އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ އެގޮތަކަށް ކުރިއަށް ދަނީ. މިގޮތަށް އެޕްލިކޭޝަނަށް ދިއުމަށް ނިންމި ނިންމުމުގެ ސަބަބުން އެއްވެސް ފަރާތަކަށް ގެއްލުމެއް ވެގެން ނުވާނެއޭ އަޅުގަނޑު ދަންނަވާނީ.

~ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ

މިނިސްޓަރ ނަހުލާ ވިދާޅުވީ، ރައްޔިތުންނަށް ލުއި ފަސޭހައީ މީޓަރު ކަމުގައި ވަނީނަމަ، އެކަން އެގޮތައް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.

މާލޭ ސަރަހައްދުގައި ޓެކްސީ ކުރެވޭނެ އަގުތައް ޓްރާންސްޕޯޓް މިނިސްޓްރީން އާންމުކުރުމާ އެކު، ބައެއް ޑްރައިވަރުންނާއި، ޑްރައިވަރުންގެ ޖަމިއްޔާއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެ އަގުތައް އާންމުކުރުމާ އެކު ބައެއް ޑްރައިވަރުން ވަނީ މުޒާހަރާ ވެސް ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް