ކ. މާލެ
|
14 އޮކްޓޯބަރ 2019 | ހޯމަ 10:21
މޯދީ ކަސްރަތު ކުރައްވަނީ
މޯދީ ކަސްރަތު ކުރައްވަނީ
ޓްވިޓަރ
ނަރެންދްރަ މޯދީ
ކަސްރަތަށް ނުކުމެ މޯދީ ގޮނޑުދޮށް ސާފުކުރެއްވި ފޮޓޯތައް ގިނަ ބައެއްގެ ސަމާލުކަމަށް!
 
ގޮނޑުދޮށްތައް ސާފުކޮށް ބޭއްވުމަށް އާންމުންނަށް ނަސޭހަތްތެރިވި
 
މޯދީ ވަނީ ޕްލާސްޓިކް ފަދަ ތަކެތި ހޮއްވަވާފަ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ކަސްރަތު ކުރައްވަން ނުކުމެ ކުނި ހޮވަން އުޅުއްވި ފޮޓޯތަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

ކަސްރަތަށް ހިންގަވަމުން ކުނި ހޮވަން އުޅުއްވި ފޮޓޯތައް މޯދީ ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވުމުން ގިނަ ބަޔަކު ދަނީ އެ ޕޯސްޓަށް ލައިކް ކޮށް ޝެއަރ ކުރަމުންނެވެ.

މޯދީ ކުރެއްވި ޕޯސްޓުގައި އިންޑިއާގެ މަމައްލަފޫރަމް އަވަށުގެ ގޮނޑުދޮށުގައި ކަސްރަތަށް ހިންގަވަމުން ޕްލާސްޓިކު ކޮތަޅާއި ފުޅި ފަދަ ތަކެތި ހޮއްވެވި މަންޒަރު ފެނެއެވެ.

ސާފު ކުރައްވަން އުޅުއްވި ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުކުރައްވަމުން މޯދީ ވަނީ އާންމުން ބޭނުން ކުރައްވާ އެފަދަ ތަންތައް އަބަދުވެސް ސާފުކޮށް ބޭއްވުމަށް އިލްތިމާސްކޮށް ނަސޭހަތްތެރިވެފައެވެ.

މީގެ ކުރިން އިންޑިއާއިން ވަނީ އެ ގައުމު ސާފުކޮށް ބޭއްވުމަށް ސްވަޗް ބާރަތު މިޝަންގެ ނަމުގައި ހާއްސަ ކެންޕެއިނެއް ވެސް ފަށާފައެވެ. އެއީ ދެހާސް ސާދަ ވަނަ އަހަރުގެ ތެރޭގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
8%
8%
0%
31%
15%
38%
ކޮމެންޓް
16 އޮކްޓޯބަރ 2019 | ބުދަ 13:57
މަންމޯހަން
އެޓެންޝަން ސީކާ