ކ. މާލެ
|
14 އޮކްޓޯބަރ 2019 | ހޯމަ 05:12
އެކުއެޑޯގައި ކުރިޔަށްދާ މުޒާހަރާގެ ތެރެއިން
އެކުއެޑޯގައި ކުރިޔަށްދާ މުޒާހަރާގެ ތެރެއިން
ގޫގުލް
އެކުއެޑޯ
އެކުއެޑޯގައި ކުރިޔަށްދާ މުޒާހަރާތަކާއެކު ކާފިޔުގެ މުއްދަތު އިތުރުކޮށްފި
 
ކާފިޔުގެ މުއްދަތު ވަނީ 24 ގަޑިއިރަށް އިތުރުކޮށްފައި

އެކުއެޑޯގައި ކުރިޔަށްދާ މުޒާހަރާތަކާއެކު ކާފިޔުގެ މުއްދަތު 24 ގަޑިއިރަށް އިތުރުކޮށްފިއެވެ.

އެކުއެޑޯ ރައްޔިތުން މީގެ 10 ދުވަސް ކުރިން މުޒާހަރާތައް ފަށާފައިވަނީ އެ ގައުމުން ތެލުގެ ސަބްސިޑީ ކަނޑާލުމަށް ނިންމުމާ ގުޅިގެންނެވެ. މި ނިންމެވުން އެގައުމުގެ ރައީސް ލެނިން މޮރެނޯ ނިންމެވީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑާއެކު ވެވުނު 4.2 ބިލިއަން ޑޮލަރުގެ އެއްބަސްވުމާއެކުގައެވެ.

އެކުއެޑޯގެ މިލިޓަރީން ވަނީ މިދިޔަ އަންގާރަ ދުވަހު ކާފިޔު އިއުލާންކޮށްފައެވެ. އަދި ކާފިޔުގެ މުއްދަތު އެއް ދުވަހަށް އިތުރުކުރަން އެ ގައުމުގެ މިލިޓަރީން ވަނީ ހޮނިހިރު ދުވަހު ނިންމާފައެވެ.

މިއާއެކު އިކުއެޑޯގައި މީހުން އެއްވާ ތަންތަނުގައި ސިފައިންނާއި ފުލުހުން އަމަން ބަލަހައްޓަމުން އަންނައިރު، ވެހިކަލްތަކުގެ އިތުރުން މީހުންވެސް އަންނަނީ ބަލައި ފާސްކޮށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަމުންނެވެ.

މީގެއިތުރުން އެކުއެޑޯގެ ސަރުކާރުން ވަނީ ދިމާވެގެން އުޅޭ މައްސަލައަށް ހައްލު ހޯދުމަށް އާދީއްތަ ދުވަހު މުޒާހަރާ ލީޑު ކުރަމުންދާ މީހުންނާ ބައްދަލުކުރުމަށް ނިންމާފައެވެ. އަދި މި ބައްދަލުވުމުގައި ބައިވެރިވުމަށް އެފަރާތްތަކުންވެސް ވަނީ އެއްބަސްވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް