ކ. މާލެ
|
11 އޮކްޓޯބަރ 2019 | ހުކުރު 09:58
އިރާގުގެ ފުރަތަމަ 11
އިރާގުގެ ފުރަތަމަ 11
ޓްވިޓަރ
އިރާގު ފުޓުބޯޅަ ޓީމު
އަމިއްލަ ދަނޑުގައި 2011 ވަނަ އަހަރަށްފަހު ކުޅުނު ފުރަތަމަ މެޗުން އިރާގު މޮޅުވެއްޖެ
 
އިރާގު މޮޅުވީ ހޮންކޮންގއާ ވާދަކޮށް 0-2 ގެ ނަތީޖާއަކުން

އަމިއްލަ ދަނޑުގައި 2011 ވަނަ އަހަރަށްފަހު ކުޅުނު ފުރަތަމަ މެޗުން އިރާގު މޮޅުވެއްޖެއެވެ.

ސަލާމަތީ ސަބަބުތަކަށްޓަކައި 2011 ވަނަ އަހަރު ފީފާއިން ވަނީ ރަހުމަތްތެރިކަމުގެ މެޗުތައް ފިޔަވައި އެހެން މެޗުތައް ހޮސްޓް ކުރުމުގެ ފުރުސަތު އިރާގަށް ނުދޭން ނިންމާފައެވެ.

އެގޮތުން 2011 ވަނަ އަހަރަށްފަހު އިރާގުން ވޯލްޑް ކަޕް ކޮލިފައިންގައި އަމިއްލަ ދަނޑުގައި ހޮންކޮންގއާ ދެކޮޅަށް ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު މެޗުން 0-2 ގެ ނަތީޖާއިން ވަނީ މޮޅުވެފައެވެ.

މެޗުގައި އިރާގުގެ ފުރަތަމަ ލަނޑު މުހައްމަދު އަލީ ކާމިޔާބުކުރިއިރު، ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަލީ އަދުނާންއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ލިބުނު ޕެނަލްޓީ އަކުންނެވެ.

ކޮލިފައިންގައި ގްރޫޕް ސީގައި އިރާގު ހިމެނޭއިރު، އެޓީމަށް ދެ މެޗުން ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ. އެޓީމު އޮތީ ގްރޫޕްގެ ދެވަނައިގައެވެ. އެއްވަނައިގައި އޮތީ ދެ މެޗުވެސް ކާމިޔާބުކޮށްގެން އިރާނެވެ.

އިރާގުން އެޓީމުގެ ހޯމް މެޗުތައް 2011 ވަނަ އަހަރަށްފަހު ކުޅެމުން އައީ އިރާން އާއި ޖޯޑަން އަދި ދޯހާގައެވެ.

ނަމަވެސް މިހާރު އިރާގަށް އެ ގައުމުގެ ބަސްރާ އާއި ކާބަލާގެ އިތުރުން އެރބިލްގެ ސްޓޭޑިއަމްތަކުގައި މެޗުތައް ކުޅުމުގެ ހުއްދަ ފީފާއިން ވަނީ ދީފައެވެ.

ދުނިޔޭގެ ރޭންކިންގއަށް ބަލާއިރު، އިރާގު އޮތީ 79 ވަނައިގައެވެ. އަދި އެޓީމު އޮތީ އޭޝިއާގެ ނުވަ ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް