ބުދަ 23 އޮކްޓޯބަރ 2019
06 ހެއި
1441 ސަފަރު 24
ފަތިސް 04:36
އިރުއަރާ 05:49
މެންދުރު 11:54
އަސްރު 15:11
މަޣްރިބް 17:52
އިޝާ 19:05
ދުނިޔެ - ރޮމޭނިޔާ

ރޮމޭނިއާގެ ބޮޑު ވަޒީރުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާއި، ސަރުކާރު ވައްޓާލައިފި

  • މަގާމުން ވަކިކުރަން ބޭނުންވަނީ 233 ވޯޓު
  • އާ ބޮޑު ވަޒީރުގެ ނަންފުޅު 10 ދުވަސް ތެރޭގައި ހުށައަޅާނެ

އަލީ ސަމާޚް
AliSamah8

ކ. މާލެ 10 އޮކްޓޯބަރ 2019 | ބުރާސްފަތި 22:10 5,279

ބޮޑު ވަޒީރު ވިއޮރިކާ ޑަންސެލާ - ގޫގުލް

ރޮމޭނިޔާގެ ބޮޑު ވަޒީރު ވިއޮރިކާ ޑަންސެލާގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައި, އެގައުމުގެ ސަރުކާރު ވައްޓާލައިފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ބޮޑު ވަޒީރުގެ އިތުބާރު ނެތްކަމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ 238 މެމްބަރުން ވަނީ ވޯޓުދެއްވާފައެވެ. އެކަމަނާ މަގާމުން ދުރުކުރަން ބޭނުންވަނީ 233 ވޯޓެވެ.

ރޮމޭނިޔާގެ ރިޔާސީ އިންތިހާބު އަންނަ މަހު ބާއްވަން ހަމަޖެހިފައިވާއިރު، ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބު މި ވަގުތު ބޭއްވުމަކީ އެންމެ އެދެވިގެންވާ ކަމެއް ނޫނެވެ. ރޮމޭނިޔާގެ ގާނޫނުގައި ބުނާ ގޮތުން ރިޔާސީ އިންތިހާބުގެ ހަމަސް ކުރިން ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބެއް ނުބެއްވޭނެއެވެ.

އާ ބޮޑުވަޒީރަކަށް އައްޔަން ކުރައްވާ ބޭފުޅެއްގެ ނަން އިދިކޮޅުން 10 ދުވަސް ތެރޭގައި ރައީސް ކްލައުސް ލޮހަނިސް އަށް ހުށައަޅާ އެމަނިކުފާނުގެ ރުހުން ހޯއްދަވަން ޖެހޭއެވެ.

ރައީސްގެ އިތުރުން ވަޒީރުންނަށް ހުށައަޅާ ނަންތަކަށް ގާނޫނު ހަދާ މަޖިލީހުން ރުހުންދޭން ޖެހޭއެވެ.

ދެން އަންނަ ސަރުކާރަކުން، 2020 ވަނަ އަހަރުގެ ބަޖެޓުގެ މަސައްކަތް އެކުލަވަލާއި، ޕެންޝަނަށްދޭ 40 އިންސައްތަ އިތުރު ކުރަން ޖެހޭއިރު، އެއީ ޑަންސެލަ ނިސްބަތްވެ ވަޑައިގަންނަވާ ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ވައުދެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް