ބުރާސްފަތި 04 ޖޫން 2020
02 މިއަހެލި
1441 ޝައްވާލް 12
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:31
އިރުއޮއްސޭ 18:17
އިޝާ 19:34
މަޖިލިސް ކޮމެޓީ

ސްޕޭޝަލް ޕްލޭން ވަނީ ފާސްކުރުމުގެ މަރުހަލާގައި: މިނިސްޓަރ އަސްލަމް

  • މިނިސްޓަރ ވިދާޅުވީ ސްޕޭޝަލް ޕްލޭން ކެބިނެޓަށް ހުށަހަޅާފައި ކަމަށް

ކ. މާލެ | 10 އޮކްޓޯބަރ 2019 | ބުރާސްފަތި 19:07 | 2,589

މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް - ރާއްޖެއެމްވީ

ނެޝަނަލް ސްޕޭޝަލް ޕްލޭން ވަނީ ފާސްކުރުމުގެ މަރުހަލާގައިކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމެޓީއަށް ހާޒިރުވެ ވާހަކަފުޅުދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ ސްޕޭޝަލް ޕްލޭން ކެބިނެޓަށް ހުށަހަޅުއްވާފައިވާނެ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޕްލޭން ބައްލަވާލެއްވުމަށްފަހު އެމަނިކުފާނަށް ފެނިވަޑައިގަންނަވާނެ ލަފާ، ކެބިނެޓަށް އަރުވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ. އެގޮތުން ނެޝަނަލް ސްޕޭޝަލް ޕްލޭން މިހާރު ވަނީ ފާސްކުރުމުގެ މަރުހަލާގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މަޖިލީހަށް އެ ޕްލޭން މިހާތަނަކަށް ހުށަހަޅާފައިނުވާކަން ފާހަގަ ކުރައްވާ މިނިސްޓަރ ވިދާޅުވީ މި ޕްލޭންއަކީ ސަރުކާރުގެ ނެޝަނަލް ޕްލޭންއަށް ވާތީ، ސަރުކާރުން އެކަން ނިންމަވާ ގޮތަކަށް ނިންމެވުމަށްފަހު އެ ޕްލޭން އާންމު ކުރެވޭނެ ކަމަށެވެ. އަދި މަޖިލީހަށް ވެސް ރަސްމީކޮށް އެރުވިގެންދާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

ރާއްޖެ ތަރައްގީކުރުމުގައި ގެންގުޅުއްވާ މިސްރާބާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ އަދި މިހާތަނަށް ޕްލޭންއެއް ކަރުދާހެއްގައި ލިޔެވިފައި ނުވާކަމަށާއިި ނަމަވެސް މިހާރު އެ ޕްލޭން ކުރެހިފައިވާ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ޕްލޭން ކުރެހުމުގައި ބަލަމުން ދިޔައީ މިއަދުގެ ހާލަތަށް ކަމަށެވެ.

އަޅުގަނޑުމެން ޕްލޭން ކުރެހުމުގައި ބަލަމުން ދިޔައީ މިއަދުގެ ހަގީގަތް، މިއަދުގެ ހާލަތު. ކޮންމެ ރަށަކީ ވެސް ވަކި ސިފަތަކެއް ލިބިގެންވާ އަދި ވަށާއިގެންވާ ރަށްތަކުގެ ވެސް ވަކި ސިފަ ތަކެއް ލިބިގެންވާ، ކޮންމެވެސް މިންވަރަކަށް އެއް ރަށް އަނެއް ރަށަށް ބަރޯސާވެވާން ޖެހޭ ގޮތަށް މިހާރުވެސް ހުރި ރަށްރަށް. އޭގެ ތެރެއިން ބައެއް ރަށް ރަށް އަނެއް ރަށަށް ބަރޯސާ ވާން ޖެހޭ ރަށްރަށް ހުރޭ، ވަށައިގެންވާ ރަށްރަށުގައި އުޅޭ ރައްޔިތުން.

~ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް

ކޮންމެ ރަށެއްގައިވެސް އިގްތިސޯދެއް އޮންނަކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މިނިސްޓްރީން ބެލީ ރާއްޖޭގައި އޮތް އެންމެ ބޮޑު މައްސަލަތަކަކީ ކޮބާތޯ ކަމަށެވެ. އަދި އަތޮޅުތައް ތަރައްގީވެ ދިއުމުގައި މިހާރު ހުރި އެންމެ ބޮޑު ހުރަހަކީ ކޮބާތޯ ކަމަށެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ 30 އަކަށް 40 އަކަށް އަހަރު ގެތެރޭގައި މާލެއަށް މީހުން ޖަމާވާން ޖެހުނީ ކީއްވެގެންތޯ ބެލި ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ބެލި ބެލުމުގައި ފާހަގަކުރެވުނީ، ރާއްޖެ މިއަދު އޮތް ހާލަތުގައި އޮތީ އެކަހެރިވެފައި އޮތުމުން ކަމަށެވެ. އެގޮތުން މިހާރު ކުރަން ޖެހޭ ކަމަކީ އެކަހެރިކަން ނައްތާލާ، ރަށުގެ ފަޅުތެރޭގައިވާ ކަންކަމަށް ވިސްނުން ކަމަށެވެ.

ސްޕޭޝަލް ޕްލޭންގައި ހިމަނާފައިވަނީ ސެންޓްރަލް އެއް ރީޖަނަކާއި ފަސް މެއިން ރީޖަނާއި ނުވަ ސަބް ރީޖަންގެ އިތުރުން ހަ ސެޓެލައިޓް ކްލަސްޗާރސްތަކެއްގެ ގޮތުގައި ކަމަށާއި ރީޖަންތަކާއި ސަބްރީޖަން ތަކުގައި މާބޮޑު ތަފާތު ތަކެއް ނުހުންނާނެ ކަމަށް މިނިސްތަރ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި ސަބް ރީޖަނެއް ރީޖަން އަކަށް ކުރިއަރާ ދިއުމަށް އެއްވެސް ހުރަހެއް ނެތްކަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.