އަންގާރަ 26 ޖެނުއަރީ 2021
8 ހުވަން
1442 ޖުމާދުލް އާހިރަތު 12
ފަތިސް 05:04
އިރުއަރާ 06:19
މެންދުރު 12:22
އަސްރު 15:42
އިރުއޮއްސޭ 18:18
އިޝާ 19:33
ސައުދީއަރަބިޔާ

ސައުދީގައި އަންހެނުންނަށް ސިފައިންގެ މަސައްކަތް ކުރެވޭ ގޮތަށް ނިންމައިފި

  • ސައުދީ އަންހެނުންނަށް ފުލުހުންގެ ގޮތުގައި މަސައްކަތް ކުރެވޭ
  • މަހުރަމަކާއި ނުލާ ދުއްވުމާއި ބޭރު ގައުމުތުކަށް ދަތުރު ކުރެވޭ ގޮތް ވެސް ވަނީ ހަދާފައި

ކ. މާލެ | 10 އޮކްޓޯބަރ 2019 | ބުރާސްފަތި 07:36 | 4,612

ސައުދީ އަންހެނުން - ބީބީސީ

ސައުދީޢަރަބިއްޔާގެ އިޤްތިޞާތީ އަދި އިޖްތިމާޢީ ގޮތުން ގެންނަ އިޞްލާޙު ޕްރޮގްރާމްގެ ދަށުން އަންހެނުންނަށް ސިފައިންގެ މަސައްކަތް ކުރެވޭ ގޮތަށް އެ ޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.

އަންހެނުން ބާރުވެރިކަން އިތުރު ކުރުމުގެ ގޮތުން އެނިންމުން ނިންމާފައިވަނީ، އަންހެން އެކްޓިވިސްޓުންނާއި ދެކޮޅަށް ސަރުކާރުން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވަނިކޮށްށެވެ.

އަންހެނުން ބާރުވެރިކުރަން އެޅުނު އިތުރު ފިޔަވަޅެއް ކަމަށް ބުނެ ސައުދީ ޚާރިޖީ ވުޒާރާއިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ އަންހެނުންނަށް ސިފައިންގެ ޕްރައިވެޓް ފަސްޓް ކްލާސް، ކޯޕަރަލް އަދި ސަރޖެންޓުގެ ގޮތުގައި މިހާރު މަސައްކަތް ކުރެވޭނެ ކަމަށެވެ.

ސައުދީ އަންހެނުންނަށް ފުލުހުންގެ ގޮތުގައި މަސައްކަތް ކުރެވޭނެ ކަމަށް ސައުދީން ވަނީ މިދިޔަ އަހަރު ނިންމާފައެވެ.

ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ދަނީ ސައުދީ އަންހެނުންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި އަންހެނުންނަށް މަޙުރަމަކާއި ނުލާ ދުއްވުމާއި ބޭރު ޤައުމުތުކަށް ދަތުރު ކުރުން ހިމެނެއެވެ.

އެ ބަދަލުތައް ގެންނަމުން އަންނަ ދަނޑިވަޅުގައި، އަންހެނުންގެ ޙައްޤުތަކަށް ވަކާލަތު ކުރައްވާ ލޫޖައިން އަލް-ހަތްލައުލްގެ އިތުރުން އިތުރު އެކްޓިވިސްޓްތަކެއް ވަނީ ހައްޔަރު ކޮށްފައެވެ.

ދުނިޔޭގައި އެންމެ ގިނަ ޢަދަދަކަށް ތެޔޮ އެކްސްޕޯޓްކުރާ ސައުދީން ދަނީ އެޤައުމުން އިޤްތިޞާދީ ގޮތުން ތެލަށް ބަރޯސާވެފައިވާމިންވަރު އިތުރަށް އިޤްތިޞާދު ވަރުގަދަ ކުރުމަށްޓަކައި ފަތުރުވެރިން ގިނަ ކުރުމުގެ މަސައްކަތްތައް ހަލުވިކަމާއި އެކު ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.