ކ. މާލެ
|
10 އޮކްޓޯބަރ 2019 | ބުރާސްފަތި 07:48
ޝަހީހު މުސްލިމުގެ ދިވެހި ތަރުޖަމާ އާއި ޝަރަހައިގެ 10 ވަނަ ބައި އިފްތިތާހު ކޮށްދެއްވުން
ޝަހީހު މުސްލިމުގެ ދިވެހި ތަރުޖަމާ އާއި ޝަރަހައިގެ 10 ވަނަ ބައި އިފްތިތާހު ކޮށްދެއްވުން
ރާއްޖެ އޮންލައިން
އެމްޑީއެން ރިޕޯޓް
އެމްޑީއެންގެ ރިޕޯޓަކީ އިސްލާމް ދީނާމެދު ނަފްރަތު އުފެއްދުމުގެ މާނާގައި ލިޔެފައިވާ ރިޕޯޓެއް ނޫން : ނަޝީދު
 
އިސްލާމްދީނުގައި ކަމެއް އޮތްގޮތާއި ގުޅޭގޮތުން ގޮތެއް ނިންމުމަކީ މަޖިލީހުގައި ކުރަން ޖެހޭ މަސައްކަތެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި
 
އެމްޑީއެންގެ އޮފިޝަލުން މަޖިލީހަށް ވަޑައިގެންނެވުމަށް ދެންނެވި ކަމަށް ވިދާޅުވި

މޯލްޑިވިއަން ޑިމޮކްރޮސީ ނެޓްވޯކް (އެމްޑީއެން) އިން ނެރެފައިވާ ރިޕޯޓަކީ އިސްލާމް ދީނާމެދު ނަފްރަތު އުފެއްދުމުގެ މާނާގައި ލިޔެފައިވާ ރިޕޯޓެއް ނޫންކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހުގެރޭ އިސްކަންދަރު ސްކޫލުގައި، ޝަހީހު މުސްލިމުގެ ދިވެހި ތަރުޖަމާ އާއި ޝަރަހައިގެ 10 ވަނަ ބައި ނެރެދެއްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ ކީރިތި ރަސޫލާއާއި މާތް ﷲ ގެ އިސްމުފުޅަށް އަދި އެހެންވެސް ބައެއް ދީނީ ވާހަކަތައް ގެނެވުމުގައި ބޭނުން ކުރެވުނު ބަސްތައް އެރިޕޯޓްގައި ބޭނުންކޮށްފައިވަނީ އެއްވެސް ޙާލެއްގައި ދީނާއި މެދު ނަފްރަތު އުފެއްދުމުގެ މާނައިގައި ކަމަކަށް އެރިޕޯޓް ވިދާޅުވުމުން ދެކިވަޑައި ނުގަންނަވާ ކަމަށެވެ.

އަޅުގަނޑު ދެކޭ ގޮތުގައި މިހަމަތައް ނުހިފޭއްޓޭ ސަބަބުތަކެއްވެސް ވާނެ. އަޅުގަނޑެއް ނުދެކެން އެއްވެސް ހާލެއްގައި އަޅުގަނޑުމެން އެކަކުވެސް އިސްލާމް ދީނަށް ނަފްރަތު ކުރުމަށް ބަލިކަށި ކުރުމަށް އެދޭތީ ކަމަކަށް .އަޅުގަނޑު ދެކޭ ގޮތުގައި އެރިޕޯޓް ލިޔުނު ކުދިންވެސް އެއްވެސް ހާލެއްގައި އެބަސްތައް ބޭނުންކޮށްފައި އެވަނީ އެމާނައިގައި ކަމަކަށް އެރިޕޯޓް ކިޔައިގެން އަޅުގަނޑަކަށް ނުފެނުނު. އިނގިރޭސި ބަހުން އެއްޗެއް ލިޔަން އުޅެނިކޮށް ވެފައި ހުރިގޮތެއް. އެއީ ވާގޮތެއް ބައެއް ޔުނިވާރސިޓީ ތަކުގައި ގިނަ ދުވަހު އުޅެފައިވާ އަދި އެއަށްފަހު އެއާއި ގުޅިގެން މި ރާއްޖޭގެ މާހައުލާއި ރާއްޖޭގެ އެކިއެކި އިލްމުވެރިން ނެރޭ ފޮތްތަކާއި އަދި ދުނިޔޭގެ އެހެން ތަންތަނުގައި ވެސް އިސްލާމްދީނާއި ގުޅޭ ގޮތުން ނެރޭ ފޮތްތަކާއި މިބާވަތުގެ ކަންކަމަށް އަހުލުވެރިނުވެ މިބާވަތުގެ ބޮޑު މައްސަލައަކާއި ގުޅޭ ގޮތުން ލިޔަން އުޅުނީމާ އެފަދަ ނަތީޖާ ނުކުތުން އެއީ އަޅުގަނޑު ދެކޭ ގޮތުގައި އެކަށީގެންވާ ކަމެއް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ދީނީ ކަންކަމަކީ މަޖިލީހުގެ ބަހުޘް ކޮށްގެން ނިންމޭނެ ކަންކަމެއް ނޫން ކަމެއްކަން ފާހަގަ ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، ދިވެހިރާއްޖެގެ ރައްޔިތުންގެ މަޖިލީހަކަސް އަދި އެހެން ޤައުމެއްގެ މަޖިލީހަކަސް އެ މަޖިލީހުގައި އިސްލާމްދީނުގައި ކަމެއް އޮތްގޮތާއި ގުޅޭގޮތުން ގޮތެއް ނިންމުމަކީ ރައްޔިތުންގެ މަޖިލީހުގައި ކުރަން ޖެހޭ މަސައްކަތެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.

ޖުމްލަކޮށް ބަހުޘްގައި ބައިވެރިވެ ވަޑައިގެންނެވި ގިނަ މެންބަރުން ނަށް ފެނިވަޑާއިގަތީ މިކަންކަމާއި ގުޅޭ ގޮތުން މިކަމާއި ބެހޭ ދަންނަބޭކަލުންގެ ބަސްތަކެއް ހޯއްދެވުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނަޝީދު ވިދާޅުވީ އެމައްސަލަ މަޖިލީހަށް ދިޔަ އިރު އޮތީ އެ ރިޕޯޓްވެސް ވަރަށް ބޮޑަށް ކުށްވެރި ކުރެވިފައި ކަމަށެވެ.

އެކަމާއި ގުޅޭ ގޮތުން ޢަމަލުކުރަންވީ ގޮތަކީ ކޮބައިތޯ އައްޝައިޚް ހުސައިން ރަޝީދުގެ އަރިހުގައި މަޝްވަރާ ކުރެއްވި ކަމަށެވެ. މަޖިލީހުގެ ރައީސް ވިދާޅުވީ އެ ރިޕޯޓް ވިދާޅުވެފައިވާ ކަމަށާއި އަދި އެ ރިޕޯޓާއި ގުޅިގެން މަޖިލީހުގެ 47 މެންބަރުން ތިން ގަޑިއިރު ވަންދެން ދެއްކެވި ވާހަކަފުޅުވެސް އަޑު އެއްސެވި ކަމަށެވެ.

ހުރިހާ ބޭފުޅުންވެސް އެއްބަސްވެ ވަޑައިގަންނަވާ ކަންތައްތަކެއް ރިޕޯޓުގައި ހުރިކަން ފާހަގަކުރައްވަމުން ވިދަޅުވީ، ކީރިތި ރަސޫލާއާއި މާތް ﷲ ގެ އިސްމުފުޅަށް އަދި އެހެންވެސް ބައެއް ދީނީ ވާހަކަތައް ގެނެވުމުގައި ބޭނުން ކުރެވުނު ބަސްތައް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެމްޑީއެންގެ ކުދިން އެރިޕޯޓް ލިޔުމުގެ ކުރީގައި ޝައިޚް ހުސައިން ރަޝީދުގެ ޝަހީހު މުސްލިމުގެ ދިވެހި ތަރުޖަމާގެ 1،2،3،4،5،އަދި 6 ގައި އެބަސްތައް ގެންނަންވީ ގޮތް ލިއުއްވަފައި ހުރި. ރަސޫލާ (ސ) އަށް ނިސްބަތްކޮށް ލިޔާނެ ގޮތް، މަލާއިކަތުންނަށް ނިސްބަތްކޮށް ލިޔާނެގޮތް، ދަންނަ ބޭކަލުންނަށް ނިސްބަތްކޮށް ލިޔާނެގޮތް ހުރި
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ޚާއްޞަކޮށް ރިޕޯޓެއް ލިޔާއިރު މިހަމަތައް ހިފަހައްޓަން އެންމެންވެސް މަސައްކަތް ކުރަންޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ 47 މެންބަރުން ޖަޒުބާތާއެކު އެވާހަކަ ދައްކަވާފައި ވާތީ އެކަމާއި ގުޅޭ ގޮތުން މަޖިލިސް މެންބަރުންގެ ވިސްނުމާއި ރާއްޖޭގެ ރައްޔިތުންގެ ކަންބޮޑުވުމަށް ދެވެން އޮތް ފިނިކަމެއް ލުޔެއް ދިނުން ވާޖިބެއް ކަމަށް ދެކިލައްވާކަމަށެވެ.

އެހެންކަމުން އިސްމާލާމިކް އެފެއަރޒް މިނިސްޓަރަށާއި ހޯމް މިނިސްޓަރަށާއި އެޑިއުކޭޝަން މިނިސްޓަރަށާއި އެމްޑީއެންގެ އޮފިޝަލުން މަޖިލީހަށް ވަޑައިގެންނެވުމަށް ދެންނެވިކަމަށް ވިދާޅުވިއެވެ.

ދަންނަ ބޭކަލުންނާއި ހުރިހާ ބެފުޅުންވެސް އެކުގައި ތިއްބަވައިގެން ރާއްޖޭގައި މެދުމިނުގައި ކުރިއަށް ދެވޭނެ ސާފުސާދާ ގޮތަކީ ކޮބައިތޯ ބަލައި އެގޮތަށް ޢަމަލުކުރަން ފަށަން ޖެހޭކަމަށް ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެކަކުވެސް އަނެއްމީހާ މަރަން ނުވަތަ ނައްތާލަން ގޮވަން ނޭދޭ ކަމަށާއި ހިތް ނުކުޅެދޭ އަހަން ބޭނުންނުވާ ބަސްތަކާއި ވާހަކަތައް އިވެން ނޭދޭ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
8%
8%
0%
85%
0%
0%
ކޮމެންޓް
10 އޮކްޓޯބަރ 2019 | ބުރާސްފަތި 13:02
މމ
ދެންމާނަ ކުރޭ ރައްޔިތުން