ކ. މާލެ
|
9 އޮކްޓޯބަރ 2019 | ބުދަ 18:56
އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގެ ތެރެއިން
އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގެ ތެރެއިން
އެމްއޯސީ
އޭޝިއަން ބެޑްމިންޓަން މުބާރާތް
އޭޝިއަން ބެޑްމިންޓަން މުބާރާތް: ތިން ކެޓަގަރީ އަކުން ރާއްޖޭގެ ކުޅުންތެރިން ކުއާޓާއަށް
 
މުބާރާތުގެ ރާއްޖޭގެ ކުޅުންތެރިން ކުއާޓާއަށް ދަތުރުކުރީ އަންހެން ސިންގަލްސް، ފިރިހެން ސިންގަލްސް އަދި މިކްސް ޑަބަލްސް ބައިން

އައްޑޫ ސިޓީގައި މިހާރު ކުރިޔަށްދާ ދެކުނު އޭޝިއާގެ 21 އަހަރުންދަށުގެ ބެޑްމިންޓަން މުބާރާތުގައި ރާއްޖޭގެ ކުޅުންތެރިން ތިން ކެޓަގަރީ އަކުން ކުއާޓާއަށް ދަތުރުކޮށްފިއެވެ.

މި މުބާރާތުގެ ރާއްޖޭގެ ކުޅުންތެރިން ކުއާޓާއަށް ދަތުރުކުރީ އަންހެން ސިންގަލްސް، ފިރިހެން ސިންގަލްސް އަދި މިކްސް ޑަބަލްސް ބައިންނެވެ.

އަންގާރަ ދުވަހު ކުޅުނު މެޗުތަކުން މޮޅުވެ ފިރިހެން ސިންގަލްސް ކެޓަގަރީއިން ރާއްޖޭގެ އަހްމަދު ނިބާލް ކުއާޓާ ފައިނަލުގެ ޖާގަ ކަށަވަރުކުރިއިރު، އަންހެން ސިންގަލްސްގެ ބައިން އައިމިނަތު ނަބީހާ އާއި ފާތިމަތު ނަބާހާ އަދި މާޝާ ރަޝީދު ވަނީ މި މުބާރާތުގެ ކުއާޓާއިން ޖާގަ ކަށަވަރުކޮށްފައެވެ. މި މުބާރާތުގެ ޓީމް އިވެންޓް ކެޓަގަރީ ތަކުން މި އަހަރު މާާއްޖޭގެ ކުޅުންތެރިންނަށް ދެއްކިފައެއް ނުވެއެވެ.

ރާއްޖޭގެ އަހްމަދު ނިބާލް މި މުބާރާތުގެ ކުއާޓާއިން ޖާގަ ހޯދީ ފިރިހެން ސިންގަލްގެ މެޗުން އަހްމަދު ނިމާލް ބަލިކުރުމަށްފަހުގައެވެ. މި މެޗު ނިބާލް ކާމިޔާބުކުރީ ސީދާ ދެ ސެޓުން މެޗު ކާމިޔާބުކޮށްގެނެވެ. މެޗުގެ ސެޓުތަށް ނިބާލް ކާމިޔާބުކުރީ 21-13 އަދި 21-19 އިންނެވެ.

ސިންގަލްސް އަންހެން މެޗުތަކުން ރާއްޖޭގެ ނަބާހާ ކާމިޔާބުކުރީ ޕާކިސްތާނުގެ އަމާލްގެ މައްޗަށް ދެ ސެޓު އެއްސެޓުން ކުރި ހޯދައިގެންނެވެ. މި މެޗުގެ ސެޓުތަށް ނަބާހާ ގެންދިޔައީ 21-14، 19-21 އަދި 21-17 އިންނެވެ.

ކެޓަގަރީގައި އައިއޯއައިޖީގައި ރަން މެޑަލް ކާމިޔާބުކުރި ނަބީހާ ވަނީ ނޭޕާލްގެ ކުޅުންތެރިޔާ ފަހަތުން އަރައި ކާމިޔާބުކޮށްފައެވެ.

ކުޅިވަރާބެހޭ ވަޒީރު އަހްމަދު މަހްލޫފް ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫގައި މި މުބާރާތް ބޭއްވުމަކީ އެމަނިކުފާނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި އަދި ކުޅިވަރު ހަމައެކަނި މާލެއަށް ބަރޯސާވެފައި އޮންނަ އޮތުން ނިމުމަކަށް ގެނެސް އަތޮޅު ތެރޭ ރަށްތަކުގައި ވެސް ކުޅިވަރު ކުޅޭ ވަސީލަތްތަށް ގާއިމް ކޮށްދޭނެކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް