ކ. މާލެ
|
9 އޮކްޓޯބަރ 2019 | ބުދަ 02:03
ހައްޔަރުކުރި ބައެއް މީހުންނާއެކު އެމްއެންޑީއެފް އޮފިސަރުން
ހައްޔަރުކުރި ބައެއް މީހުންނާއެކު އެމްއެންޑީއެފް އޮފިސަރުން
އެމްއެންޑީއެފް
މަސްތުވާތަކެތި އެތެރެ ކުރުން
ބޯޓުން ފެނުނު މަސްތުވާތަކެތީގެ މައްސަލައިގައި 13 މީހަކަށް މުއްދަތު ޖަހައިފި
 
މައްސަލައިގައި ހިމެނޭ އިތުރު ތިން މީހަކު ރޭ ވަނީ ހައްޔަރުކޮށްފައި

ރާއްޖޭގެ ކަނޑުގެ ޞަރަޙައްދުން އަތުލައިގަތް ދެ ބޯޓުން ފެނުނު މަސްތުވާތަކެތީގެ މައްސަލައިގައި މިހާތަނަށް 13 ފިރިހެނަކު ހައްޔަރުކޮށް, ބަންދުގައި ބަހައްޓަން މުއްދަތު ޖަހައިފިއެވެ.

ފުލުހުން ބުނީ، މަސްތުވާތަކެތީގެ މައްސަލައިގައި ބޯޓުން ހައްޔަރުކުރި ހަ މީހުންގެ ބަންދުގެ މުއްދަތަށް 15 ދުވަސް ޖަހައިދީފައިވާ ކަމަށާއި، ދޯނިން ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ދިވެހި ދެ މީހުންނަށް 15 ދުވަސް އަދި ދެ ބިދޭސީ މީހުންނަށް 10 ދުވަހުގެ ބަންދުގެ މުއްދަތު ދީފައިވާ ކަމަށެވެ.

މީގެއިތުރުން ފުލުހުން ބުނީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ނެޓްވޯކްގައި ހިމެނޭ އިތުރު ތިން މީހުން ހޯމަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށާއި، އެ ތިން މީހުންގެ ބަންދަށްވެސް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިދީފައިވާ ކަމަށެވެ. ނަމަވެސް މި ތިން މީހުން ހައްޔަރުކުރީ ކޮންތަނަކުން ކަމެއް އަދި ކޮން ބައެއްކަމެއް އަދި ކަށަވަރުނުވެއެވެ.

ފުލުހުން ބުނީ، މި މައްސަލައިގައި ހިމެނޭ 13 މީހުންވެސް ހައްޔަރުކޮށްފައިވަނީ ހޯމަ ދުވަހު ކަމަށެވެ.

އިންޑިއާ ކޯސްޓުގާޑުން މިމަހުގެ އެއްވަނަ ދުވަހު އެމްއެންޑީއެފާ ޙިއްސާކުރި މަޢުލޫމާތުގެ އެހީގައި އެމްއެންޑީއެފާއި ފުލުހުން ކުރިޔަށްގެންދިޔަ އޮޕަރޭޝަނެއްގައި، ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ބޯޓު ހިފަހައްޓާފައިވަނީ މިމަހުގެ ފަސްވަނަ ދުވަހުއެވެ. ބޯޓު އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ހއ. ތުރާކުނުގެ ހުޅަނގުއުތުރުން ގާތްގަނޑަކަށް 172 މޭލު (27.5 ނޯޓިކަލް މޭލު) ބޭރުން، ރާއްޖޭގެ ޚާއްޞަ އިޤްދިޞާދީ ކަނޑުގެ ޞަރަޙައްދުގައި ޙަރަކާތްތެރިވަނިކޮށެވެ.

މިއޮޕަރޭޝަނުގައި ބޭރު އުޅަނދުގެ އިތުރުން ރާއްޖޭގެ މަސްވެރި އުޅަނދެއްކަމުގައިވާ "ހެދޭކުރި -7" ނަމަކަށް ކިޔާ ދޯންޏެއްވެސް އެ ޞަރަޙައްދުން ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެވިފައިވާއިރު، އެމްއެންޑީއެފުން ބުނީ ކޯސްޓްގާޑުން ހިފެހެއްޓި ބޭރުގެ އުޅަނދަކީ ކޮން ޤައުމަކަށް ނިޞްބަތްވާ އުޅަނދެއްކަން އަންގައިދޭ ލިޔެކިޔުމެއް ފެނިފައިނުވާކަމަށެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލެމުގެ ދަށަށް ގެނައި ބޯޓަކީ، އީރާނުގެ ދިދަ ނަގައިގެން ދުއްވަމުން ދިޔަ ބޯޓެކެވެ. މި ބޯޓު އަތުލައިގަތްއިރު، އެ ބޯޓްގައި ހަ ފަޅުވެރިން ތިއްބެވެ. އަދި، ރާއްޖޭގެ އުޅަނދުގައި ދެ ދިވެހިންނާއި ދެ ބިދޭސީން ތިއްބެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
78%
0%
11%
0%
11%
ކޮމެންޓް
9 އޮކްޓޯބަރ 2019 | ބުދަ 05:58
ޢަ ބުލް
އަ ބަދަކު އެންމެނަކު ހަމައިގަ ތި ބެން ބޭނުން ވާނެ ކަމައް ދެކިގެންނުވާނެ