އާދީއްތަ 29 މާރޗް 2020
04 ރޭވަ
1441 ޝައުބާން 05
ފަތިސް 04:54
އިރުއަރާ 06:05
މެންދުރު 12:15
އަސްރު 15:14
މަޣްރިބް 18:17
އިޝާ 19:28
ދުނިޔެ - އުރުދުން

މުޒާހަރާތަކަށް ފަހު އުރުދުންގައި ޓީޗަރުންގެ މުސާރަ ބޮޑުކޮށްފި

  • މަހެއްވަން ދެން މުޒާހަރާ ކޮށްފައިވޭ

އަލީ ސަމާޚް
AliSamah8

ކ. މާލެ 7 އޮކްޓޯބަރ 2019 | ހޯމަ 20:02 3,967

އުރުދުންގެ ޓީޗަރުން މުސާރަ ބޮޑު ނުކޮށްގެން ހަޅުތާލު ކުރަނީ - އަލްޖަޒީރާ

އުރުދުންގެ ޓީޗަރުންގެ މުސަރާ ބޮޑު ކުރުމަށް ޓީޗަރުންގެ ޔޫނިއަންއާއެކު އެއްބަސްވުމަށް އާދެވިފައިވާ ކަަމަށް އެ ގައުމުގެ ސަރުކާރުން ބުނެފިއެެވެ.

ސަރުކާރުން އެފަދަ ގޮތަކަށް ނިންމާފައިވަނީ މަހަކަށް ވުރެ ގިނަ ދުވަސްވަންދެން ޓީޗަރުންނަށް ލިބޭ މުސާރަ ބޮޑު ކޮށްދޭން އެމީހުން އަޑު އުފުލަމުން ދަނިކޮށެވެ. މުސާރަ ބޮޑު ކޮށް ނުދެވޭނެ ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ބުނެފައެވެ.

ޓީޗަރުންގެ ޔޫނިއަންގެ ޑެޕީއުޓީ ހެޑް ނައްސެރް އަލް ނަވަރެޝް ބުނީ، 75-35 ޕަސެންޓާ ދެމެދުގެ އަދަދަކަށް ޓީޗަރުންގެ މަގާމަށް ބެލުމަށް ފަހު މުސާރަ ބޮޑު ކޮށްފައިވާ ކަމަށެވެ. ޔޫނިއަނުން ސިފަކުރަ ގޮތުން އެ ނިންމުމަކީ، ތާރީހީ ނިންމުމެކެވެ.

ޔޫނިއަނުން ހަޅުތާލު ކުރަން ނިކުތީ 2014 ވަނަ އަހަރު ސަރުކާރުން 50 ޕަސެންޓް މުސާރަ އިތުރު ކުރާނެ ކަމަށް ބުނެ މިހާތަނަސް މުސާރަ ބޮޑު ކޮށްފައިނުވާތީއެވެ. މުޒާހަރާ ކުރުމުގެ ތެރޭގައި ޓީޗަރުންނާއި ސިފައިންނާއި ދެމެދު ވަނީ ކުރިމަތިލުންތަކެއް ހިނގާފައެވެ.

އުރުދުންގައި އާއްމުކޮށް ޓީޗަރެއް މުސާރާ އަށް މަހެއްގެ މައްޗަށް 630 ޑޮލަރު ލިބޭއިރު، އެ މީހުންނަށް ލިބެމުން އައި މުސާރައަކީ ސަރުކާރުގެ މިނިސްޓްރީގައި މަސައްކަތް ކުރާ މީހުންނަށްވުރެ ދަށް އަދަދެކެެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް