ކ. މާލެ
|
6 އޮކްޓޯބަރ 2019 | އާދީއްތަ 18:25
ރާއްޖެ އަދި ލެބްނާން ބައްދަލުކުރި މެޗުގެ ތެރެއިން
ރާއްޖެ އަދި ލެބްނާން ބައްދަލުކުރި މެޗުގެ ތެރެއިން
އެފްއޭއެމް
އޭއެފްސީ ކޮލިފައިން
އޭއެފްސީ ކޮލިފައިން : ފަހު މެޗުގައި ލެބަނަން އަތުންވެސް ރާއްޖެ ބަލިވެއްޖެ
 
ލެބަނަން އަތުން ރާއްޖެ ބަލިވީ 0-2 ގެ ނަތީޖާއަކުން

ތަޖިކިސްތާނުގައި މިހާރު ކުރިޔަށްދާ 19 އަހަރުން ދަށުގެ އޭއެފްސީ ކޮލިފައިންގެ ގްރޫޕް "ސީ" ގައި ކުޅުނު ފަހު މެޗުން ލެބްނާން އަތުންވެސް ރާއްޖެ ބަލިވެއްޖެއެވެ.

އާދީއްތަ ދުވަހު ކުޅުނު މެޗުން ލެބަނަން އަތުން ރާއްޖެ ބަލިވީ 0-2 ގެ ނަތީޖާއަކުންނެވެ.

މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ ލެބަނާނުންނެވެ. އެޓީމުން ވަނީ ރާއްޖޭގެ ހާފަށް ބާރުބޮޑުކޮށް ގިނަ ޙަމަލާތަކެއް މި ހާފްގައި އުފައްދާފައެވެ.

ނަމަވެސް ރާއްޖެއިން ވަނީ މޮޅު ޑިފެންސެއް ކޮށް، ލެބަނާންގެ ގިނަ ޙަމަލާތަކެއް މި ހާފްގައި ދިފާޢުކޮށްފައެވެ. ލެބަނާނުން މެޗުގެ ލީޑު ނެގީ 17 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ އާދަމް ހިޖާޒީއެވެ.

ދެވަނަ ހާފް ފެށިގެންވެސް ލެބަނާންގެ ފަރާތުން އެޓޭކިންގ ކުޅުމެއް ފެނިގެންދިޔައިރު، މި ހާފްގައިވެސް ރާއްޖެއިން ވަނީ މޮޅު ޑިފެންސެއް ކޮށްފައެވެ. މި ހާފްގައި ރާއްޖެ ކޮޅަށް ލެބްނާނުން ލަނޑު ޖެހީ 76 ވަނަ މިނެޓުގައެވެ.

ގްރޫޕްގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ތަޖިކިސްތާން އަތުން 0-9 ގެ ތަފާތުބޮޑު ނަތީޖާއަކުން ބަލިވިއިރު، ދެވަނަ މެޗުން ސީރިއާ އަތުން ބަލިވީ 2-3 ގެ ނަތީޖާއަކުންނެވެ.

މި ނަތީޖާއާއެކު ރާއްޖެ އޮތީ ކުޅުނު އެއްވެސް މެޗަކުން ޕޮއިންޓެއް ނުލިބި، މައިނަސް 12 ލަނޑާއެކު ގްރޫޕްގެ ފުލުގައެވެ. ލެބަނާން އޮތީ ކުޅުނު ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ ދެވަނައިގައެ ވެ.

ގްރޫޕް ސީގެ އެއްވަނަ އަދި ދެވަނަ ކަށަވަރުވާނީ އާދީއްތަ ދުވަހުގެ ރޭ ސީރިއާ އަދި ތަޖިކިސްތާން ބައްދަލުކުރާ މެޗަށްފަހުއެވެ.

ގްރޫޕްގެ އެއްވަނަ ހޯދާ ޓީމަކަށް 2020 ވަނަ އަހަރު އުޒްބަކިސްތާނުގައި އޮންނަ އޭއެފްސީ 19 އަހަރުން ދަށުގެ މުބާރާތުން ޖާގަ ލިބޭއިރު، ގްރޫޕްގެ ދެވަނަ ހޯދާ އެންމެ ރަނގަޅު ހަތަރު ޓީމަށްވެސް މުބާރާތުން ފުރުޞަތު ލިބޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް