ކ. މާލެ
|
4 އޮކްޓޯބަރ 2019 | ހުކުރު 18:23
ދަނޑުތައް
ދަނޑުތައް
ޓްވިޓަރ
އެސްޓީއޯ
"ގްރޯން އިން މޯލްޑިވްސް" : ރާއްޖޭގެ ދަނޑުވެރި އުފެއްދުންތައް އެސްޓީއޯއިން މާކެޓްކުރަނީ
 
މި މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ ވިއްކާނީ އއ. ތޮއްޑޫ ދަނޑުވެރިން އުފައްދާ ބާވަތްތައް

ދިވެހި ދަނޑުވެރިންގެ އުފެއްދުންތަކައް ހަމަ އަގުހޯދައިދިނުމުގެ މަޤްޞަދުގައި "ގްރޯން އިން މޯލްޑިވްސް" ގެ ނަމުގައި އެސްޓީއޯ މަޝްރޫއެއް ށައިފިއެވެ.

ދަނޑުވެރިކަމުގެ ބާވަތްތައް އެސްޓީއޯއަށް ގަނެ ރާއްޖޭގެ ބާޒާރުގައި މާކެޓް ކުރުމަށް ދިވެހި ދަނޑުވެރިންނަށް ފަހިކޮށްދޭ މި މަޝްރޫޢު އިފްތިތާހު ކުރީ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި މޯލްޑިވްސް ޓޫރިޒަމް ކޮންފަރެންސްގެ ތެރެއިންނެވެ.

ޕައިލެޓް މަޝްރޫއުއެއްގެ ގޮތުގައި އެންމެ ފުރަތަމަ އއ. ތޮއްޑޫގެ ދަނޑުވެރިން އުފައްދާ ބާވަތްތައް ވިއްކުމަށް ހަމަޖެހިފައިވާއިރު، ދަނޑުވެރިކަން ކޮށްގެން ލިބޭ ގޮވާން ގަނެ، ސާފުކޮށް، ބަންދުކޮށް ވިއްކުމާއި ހަމަޔަށް ހުރިހައި ވަސީލަތެއް ހަމަޖައްސައިދޭނީ އެސްޓީއޯއިންނެވެ. އަދި ދަނޑުވެރިކަމުގެ އުފެއްދުންތައް އެސްޓީއޯގެ ސްޓޯރޭޖް އަށް ގެނެސް، ރިޒޯޓުތަކާއި އަދި އެގަންނަން ބޭނުންވާ އެހެން ފަރާތްތަކައް ފޯރުކޮށްދޭނީ އެސްޓީއޯ މެދުވެރިކޮށްކަމަށް އެކުންފުނިން ބުނެއެވެ.

މި މަޝްރޫޢުގެ ދަށުން، ދަނޑުވެރިންނަށް ބޭނުންވާ ފަންނީ ލަފައާއި އިރުޝާދުދޭނީ ފިޝަރީޒް މިނިސްޓްރީންނެވެ. އަދި މިމަޝްރޫ ކުރިއެރުވުމަށް ޓުއަރިޒްމް މިނިސްޓްރީން އެހީތެރިވެދޭނެކަމަށް އެސްޓޯއީން ބުނެއެވެ.

އެސްޓީއޯގެ ޢާއްމު އިޖްތިމާއީ ޒިންމާގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ ދަށުން ދަނޑުވެރިންގެ އުފެއްދުންތައް މާކެޓަށް ނެރެ، އިޝްތިހާރުކޮށް ކުރިއެރުވުމަށް މަސައްކަތް ކުރެވޭނެއެވެ. އަދި ރިޒޯޓު މިންގަޑުތަކައް ފެތޭގޮތަށް ގޮވާން ހެއްދުމަށް ދަނޑުވެރިން ތަމްރީނު ކުރެވޭނެއެވެ. އަދި ދަނޑުވެރިންނަށް ޖެހިފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ހަމަ އަގު ނުލިބުމުގެ މައްސަލަ ކަމަށް ވާއިރު މި މަޝްރޫއުގެ ސަބަބުން ގޮވާން ހެއްދުމަށް ދާ އަގަށް ވުރެ ކުޑަ އަގުގައި ވިއްކައިގެން ހަމަ އަގު ނުލިބި، ފައިދާ ނުލިބޭ މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށް އެސްޓީއޯއިން ލަފާކުރެއެވެ.

ރާއްޖޭގައި ތަފާތު ވައްތަރުތަކުގެ ތަރުކާރީއާއި މޭވާ ހައްދާއިރު ފާއިތުވި ފަސްއަހަރު އިމްޕޯޓު ކުރި އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން އަހަރެއްގެ މައްޗަށް އިމްޕޯޓު ކުރެވޭ ތަކެތީގެ އަދަދު 31 މިލިއަން ރުފިޔާއަށް އަރައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
50%
50%
0%
0%
0%
0%
ކޮމެންޓް