ކ. މާލެ
|
3 އޮކްޓޯބަރ 2019 | ބުރާސްފަތި 16:44
ވިލިއަން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ
ވިލިއަން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ
ގެޓީ އިމޭޖަސް
ޗެމްޕިއަންސް ލީގު
ޗެމްޕިއަންސް ލީގު: ލިއްލޭގެ މައްޗަށް ޗެލްސީ ކުރިހޯދައިފި
 
ޗެލްސީ މޮޅުވީ ލިއްލޭއާ ވާދަކޮށް 1-2 ގެ ނަތީޖާއަކުން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ލިއްލޭގެ މައްޗަށް ޗެލްސީ ކުރިހޯދައިފިއެވެ.

ބުދަ ދުވަހުގެ ރޭ ގްރޫޕް އެޗްގައި ކުޅުނު މެޗުން ޗެލްސީ މޮޅުވީ ލިއްލޭއާ ވާދަކޮށް 1-2 ގެ ނަތީޖާއަކުންނެވެ.

ލިއްލޭ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ ޗެލްސީންނެވެ. އެގޮތުން 22 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑޫ ކާމިޔާބުކުރީ ޓޮމޮރީގެ އެހީތެރިކަމާއެކު އަބްރަހަމްއެވެ.

މި ލަނޑާއެކު ލިއްލޭއިން އެޓީމުގެ ކުޅުން ރަނގަޅުކޮށްފައިވާއިރު، 33 ވަނަ މިނެޓުގައި އެޓީމުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބަމްބާގެ އެހީތެރިކަމާއެކު އޮސިމްހެންއެވެ.

ދެވަނަ ހާފް ފެށިގެންވެސް ޗެލްސީން ރަނގަޅު ކުޅުމެއް ދައްކާފައިވާއިރު، އެޓީމަށް ވަނީ ލީޑު ނެގުމަށްވެސް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި ހާފްގައި ލިއްލޭއަށްވެސް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބިފައެވެ. ނަމަވެސް ލިބުނު ފުރުސަތުތަކުގެ ބޭނުން އެޓީމަށް އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.

ޗެލްސީން މެޗުގެ ލީޑު ނެގީ 77 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ވިލިއަންއެވެ. މި ލަނޑަށްފަހުވެސް ޗެލްސީއަށް ވަނީ ލަނޑު ޖެހުމަށް އިތުރު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި ނަތީޖާއާއެކު ޗެލްސީ އޮތީ ކުޅުނު ދެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނައިގައެވެ. މެޗުން ބަލިވި ލިއްލޭ އޮތީ ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލުގައެވެ.

މި ގްރޫޕްގައި ހިމެނޭ އަޔަކްސްއިން ވަނީ ރަށުން ބޭރުގައި ވެލެންސިއާގެ މައްޗަށް 0-3 ގެ ނަތީޖާއިން ކުރިހޯދާފައެވެ. މި ނަތީޖާއާއެކު އަޔަކްސް އޮތީ ދެ މެޗުން ލިބުނު ހަ ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައެވެ. މެޗުން ބަލިވި ވެލެންސިއާ އޮތީ ކުޅުނު ދެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ތިންވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް