ކ. މާލެ
|
2 އޮކްޓޯބަރ 2019 | ބުދަ 10:33
ކިޑްސް ފުޓުބޯޅަ ފިއެސްޓާގެ ތެރެއިން
ކިޑްސް ފުޓުބޯޅަ ފިއެސްޓާގެ ތެރެއިން
ރާއްޖެއެމްވީ
ކިޑްސް ފުޓުބޯޅަ ފިއެސްޓާ
ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައިގެން ބާއްވާ ކިޑްސް ފުޓުބޯޅަ ފިއެސްޓާ ފަށައިފި
 
މި މުބާރާތުން ހޮވޭ އެންމެ މޮޅު އަށް ކުޅުންތެރިންނަށް 13 އަހަރުންދަށުގެ ގައުމީ ޓީމުން ޖާގަ ލިބިގެންދާނެ
 
މި މުބާރާތުގައި މާލޭގެ 17 ސްކޫލުން ބައިވެރިވެފައިވޭ

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޓުއަރިޒަމް މިނިސްޓަރީއިން އިންތިޒާމުކޮށްގެން ބާއްވާ ކިޑްސް ފުޓުބޯޅަ ފެއެސްޓާ ފަށައިފިއެވެ.

މި މުބާރާތް ބުދަ ދުވަހު ފަށައިގެން ކުރިޔަށްދާއިރު މުބާރާތުގެ މެޗުތައް ކުޅޭނީ ހެންވޭރު ދަނޑުގައެވެ.

މި މުބާރާތުގައި މާލޭގެ 17 ސްކޫލަކުން ބައިވެރިވިއެވެ. އެއީ، ރެހެންދި ސްކޫލް، އަހްމަދިއްޔާ ސްކޫލް، ތާޖުއްދީން ސްކޫލް، ދަރުމަވަންތަ ސްކޫލް، ހިރިޔާ ސްކޫލް، އަމީނިއްޔާ ސްކޫލް، ޖަމާލުއްދީން ސްކޫލް، ގާޒީ ސްކޫލް، ހުރަވީ ސްކޫލް، ގިޔާސުއްދީން ސްކޫލް، އިމާދުއްދީން ސްކޫލް، އިސްކަންދަރު ސްކޫލް، މަޖީދިއްޔާ ސްކޫލް، ކަލާފާނު ސްކޫލް، މުހިއްދީން ސްކޫލް، ބްރައިޓްވޭ އިންޓަރނޭޝަނަލް އަދި ބިލަބޮންގް ހައި އިންޓަރނޭޝަނަލްއެވެ.

މި މުބާރާތުން ހޮވާ އެންމެ މޮޅު އަށް ކުޅުންތެރިންނަށް 13 އަހަރުންދަށުގެ ގައުމީ ޓީމުން ޖާގަ ލިބިގެންދާއިރު މި ކުޅުންތެރިންނަށް އަންނަ އަހަރު އޮންނަ އިންޓަރނޭޝަނަލް މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ސްޕެއިންގެ މަޝްހޫރު އެކަޑެމީ އަކުން ތަމްރީނުވުމުގެ ފުރަސަތު ލިބޭނެއެވެ. މި މުބާރާތުގެ މެޗުތައް ކުރިޔަށްދާއިރު މި މުބާރާތުގެ މެޗުތައް ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ސެލްގާޑޯ މޮނީޓަރ ކުރަމުން ގެންދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
100%
0%
ކޮމެންޓް
2 އޮކްޓޯބަރ 2019 | ބުދަ 11:28
ގަނޑިޔަ 00150
ފަތުރުވެރި ކަމާއި ކުޑަކުދިންގެ ފައި ބޯޅަ އާ އޮތީ ކޮންގުޅުމެއް ! ރަނގަޅުވާނެ އައްތެރިކަަމުގެ މައުރަޒެއް ބޭއްވިޔަސް ...