ކ. މާލެ
|
1 އޮކްޓޯބަރ 2019 | އަންގާރަ 17:35
ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހްލޫފް
ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހްލޫފް
ރާއްޖެއެމްވީ
އަހްމަދު މަހްލޫފް
އެފްއައިވީބީން ރާއްޖެ ސަސްޕެންޑް ނުކުރާނެ: މިނިސްޓަރ މަހްލޫފް
 
މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު ވޮލީބޯޅަ އެސޯސިއޭޝަނުގެ ނޯމަލައިޒޭޝަން ކޮމެޓީއެއް އެކުލަވާލައިފަ

ދުނިޔޭގެ ވޮލީ ބޯޅައިގެ މައި އިދާރާ ކަމަށްވާ އެއްއައިވީބީ އިން ރާއްޖެ ސަސްޕެންޑް ކޮށްފާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެތެރޭގައި ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކޮށް ސްޕޯޓްސް ކޮމިޝަނަރު ވަނީ މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު ވޮލީބޯޅަ އެސޯސިއޭޝަނުގެ ނޯމަލައިޒޭޝަން ކޮމެޓީއެއް އެކުލަވާލައިފައެވެ. ނަމަވެސް ދުނިޔޭގެ ވޮލީބޯޅައިގެ މައި އިދާރާ އެފްއައިވީބީއިން ވަނީ އެ ކޮމެޓީ ބަލައި ނުގަންނަކަމަށް ބުނެފައެވެ. އަދި އެ އެސޯސިއޭޝަނުގެ ހިންގުން ލަތީފާއި ހަވާލު ކުރުމަށް އެފްއައިވީބީއިން ވަނީ ސްޕޯޓްސް ކޮމިޝަނަށް އަންގައިފައެވެ.

ސްޕޯޓްސް މިނިސްޓްރީގައި ހޯމަ ދުވަހުގެ ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މަހްލޫފް ވިދާޅުވީ ވޮލީ ބޯޅައިގެ ހާލަތު ސަރުކާރުންދަނީ ވަރަށް ރަނގަޅަށް ބަލަމުންކަމަށާއި އެފްއައިވީބީއިން ރާއްޖެއާއި މެދު ފިޔަވަޅު އަޅާނެކަމަށް ނުދެކޭ ކަމަށެވެ.

މި މައްސަލައިގައި އަޅުގަނޑު ގަބޫލުކުރަނީ އެހާ ސީރިއަސް ހިސާބަކަށް ގޮސްފިނަމަ މިނިސްޓްރީއަށް ވެސް އަންނާނެ. ވާހަކަ ވެސް ދައްކާނެ. އެކުރަންޖެހެ ކަމެއް ކުރާނެ ކުއްލިއަކަށް ނިދާފައި ހޭލާއިރު ސަސްޕެންޑު ކުރާނީކީ ނޫން. އަދި އަޅުގަނޑު ކަންބޮޑުވެގެން އެމީހުންނާ އެވާހަކަ ދައްކާ ހިސާބަށް ކަންކަން ގޮސްފިކަމަށް ގަބޫލެއް ނުކުރަން. އެފްއައިވީބީއާއި އޭވީސީން ވެސް ގަބޫލުކުރޭ ރާއްޖޭގެ ވޮލީއަށް ސަރުކާރުން ކަންކަން ކޮށްދެމުންދާކަން. އެހެންވީމަ ހިއެއްނުވޭ ރާއްޖޭގެ ވޮލީބޯޅަ އެމީހުންވެސް ގަސްތުގައި ހަލާކުކޮށްލާނެހެނެއް
ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހްލޫފް

ވޮލީބޯޅަ އެސޯސިއޭޝަނުގެ ނޯމަލައިޒޭޝަން ކޮމެޓީ ސައްހަ ކަމަށް ރާއްޖޭގެ އޮލިމްޕިކްސް ކޮމެޓީއިން ވަނީ ނިންމައިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް