ކ. މާލެ
|
30 ސެޕްޓެންބަރ 2019 | ހޯމަ 11:57
އިނގިރޭސި ވިލާތުގެ ދުވުންތެރިޔާ އާޝާ
ވޯލްޑް ޗެމްޕިއަންޝިޕް
ވޯލްޑް ޗެމްޕިއަންޝިޕް: 100 މީޓަރު ދުވުމުން ޝެލީ އާން ރަން މެޑަލް ހޯދައިފި
 
މިއީ 23 އަހަރަށްފަހު އިނގިރޭސި ވިލާތުގެ ދުވުންތެރިޔަކު ހޯދި އެންމެ ބޮޑު ކާމިޔާބީ

ގަތަރުގެ ދޯހާގައި މިހާރު ކުރިޔަށްދާ ވޯލްޑް ޗެމްޕިއަންޝިޕްގެ 100 މީޓަރު ދުވުމުން ޝެލީ އާން ރަން މެޑަލް ހޯދިއިރު އިނގިރޭސި ވިލާތުގެ ޑައިނާ އާޝާ ސްމިތް 23 އަހަރަށް ފަހު އިނގިރޭސި ވިލާތަށް އިންޑިވިޑުއަލް މެޑައްޔެއް ހޯދައިދީފިއެވެ.

މިއީ 23 އަހަރުގެ އާޝާ މި މުބާރާތުގެ ރިހި މެޑަލް ހޯދިއިރު އޭނާ ވަނީ އިނގިރޭސި ވިލާތުގެ ކުރީގެ ދުވުންތެރިޔާ ޖެމީކާ ހަދައިފައިވާ ރެކޯޑް މުގުރާލަފައެވެ. އާޝާ މި ރިކޯޑް މުގުރައިލައިފައިވަނީ ފައިނަލުގައި 10.83 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ވޯލްޑް ޗެމްޕިއަންޝިޕްގެ ރަން މެޑަލް ހޯދި ޝެލީ ރޭސް ނިންމައިފައިވަނީ 10.71 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ރޭސް ނިންމުމަށްފަހު އާޝާ ބުނީ މެޑަލް ހޯދުމަށް ވަރަށް ރަނގަޅަށް މުބާރާތައް ތައްޔާރުވި ކަމަށާއި، ކުރިޔަށް އޮތް ތާނގައި މިއަށްވުރެ ރަނގަޅު ކާމިޔާބީއެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ އުންމީދު ކުރީ ރަން މެޑައްޔާއެކު ގައުމަށް ދިޔުމަށް ކަމަށާއި އެކަމަކު ރިހި މެޑަލް އެއް ލިބުން ވެސް އެއީ ކާމިޔާބީއެއް ކަމަށެވެ. އަދި މި މުބާރާތުގައި އޭނާގެ އަމިއްލަ ރެކޯޑާއި ގައުމީ ރެކޯޑް މުގުރައިލެވުމުން އެކަމާއި ހިތްހަމަ ޖެހޭ ކަމަށް އޭނާ ބުންޏެވެ.

މީގެ ކުރިން އެތްލެޓިކްސްގެ ދުނިޔޭގެ ފެންވަރުގެ މުބާރާތަކުން އިނގިރޭސި ވިލާތުގެ ދުވުންތެރިޔަކު މެޑައްޔެއް ހޯދައިފައިވަނީ 1983 ގައި ބޭއްވުނު ވޯލްޑް އެތްލެޓިކްސް

ޗެމްޕިއަންޝިޕްގައެވެ. އެ މުބާރާތުގައި އިނގިރޭސި ވިލާތުގެ ކެޓީ ކުކް ވަނީ ލޯ މެޑަލް ހޯދައިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް