ބުދަ 23 އޮކްޓޯބަރ 2019
06 ހެއި
1441 ސަފަރު 24
ފަތިސް 04:36
އިރުއަރާ 05:49
މެންދުރު 11:54
އަސްރު 15:11
މަޣްރިބް 17:52
އިޝާ 19:05
ލުއި ޚަބަރު - އަރްޖުން ކަޕޫރް

ކަބީރު ސިންގް ކުޅެން އެންމެ ފުރަތަމަ ހުށައެޅީ އަރްޖުން ކަޕޫރް އަށް

  • ފިލްމު ދޫކޮށްލީ ކޮމްޕްލިކޭޑެޓް ކަންތައްތަކެއް ދިމާވެގެން ކަމަށް އަރްޖުން ބުނި

އަލީ ސަމާޚް
AliSamah8

ކ. މާލެ 30 ސެޕްޓެންބަރ 2019 | ހޯމަ 10:11 2,203

އަރްޖުން ކަޕޫރް - އިންޑިޔާ ޓުޑޭ

ޝާހިދު ކުޅެފައިވާ ފިލްމު ''ކަބީރް ސިންގް'' ކުޅެން އެންމެ ފުރަތަމަ ހުށައެޅި އޭނާ އަށް ކަމަށް އަރްޖުން ސިންގް ބުނެފިއެވެ.

މުމްބާއީގައި ބޭއްވި އިވެންޓެއްގައި ވާހަކަ ދައްކަމުން އަރްޖުން ބުނީ، ފިލްމުގެ ލީޑްްރޯލްު ކުޅުމަށް އޭނާ އަަށް ދިނުމަށް ފިލްމުގެ ޕްރޮޑިއުސަރުން ވިސްނުން ގެންގުޅުނު ކަމަށެވެ. ނަމަވެސް ''ކޮމްޕްލިކޭޓެޑް'' ކަންތައްތަކެއް ދިމާވެގެން އޭނާ ފިލްމު ދޫކޮށްލި ކަމަށް އަރްޖުން ބުންޏެވެ. ކަބީރު ސިންގް ކުޅެފައިވަނީ ޝާހިދު ކަޕޫރްއެވެ. އެ ފިލްމަށް ވަނީ 275 ކްރޯޑް ރުޕީސް ބްކޮސް އޮފީހުގައި ހޯދާފައެވެ.

ކަބީރް ސިންގް ފިލްމަކީ ޝާހިދުގެ ކުޅެފައިވާ ފިލްމު ތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވާ އެއް ފިލްމެވެ.

މީގެ ކުރިން ޝާހިދު ކުޅުނު ފިލްމްތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބިގެން ގޮސްފައިވަނީ "ޕަދްމާވަތް" އަށެވެ. އެ ފިލްމަށް ފުރަތަމަ ދުވަހު 19 ކްރޯޑް ރުޕީސް ލިބުނެވެ.

ކަބީރް ސިންގް އަކީ ކާމިޔާބު ތެލުގޫ ފިލްމު 'އަރްޖުން ރެއްޑީ'ގެ ރީމޭކް އެކެވެ.

ސަންދީޕް ވަންގާ ޑައިރެކްޓްކޮށްފައިވާ މި ފިލްމްގައި ފެނިގެންދަނީ ވަރަށް ތޫނުފިލި މެޑިކަލް ސުޓޫޑެންޓެއްގެ ދިރިއުޅުން ބަނަވެގެންދާ ގޮތެވެ. އޭނާގެ ލޯބިވެރިޔާ އެހެން މީހަކާއި ކައިވެނި ކުރުމުން އެކަމާއި ރުޅިގަދަވެ މަސްތުގެ ހާލަތުގައި ހުރެ އަމިއްލަ ނަފްސަށް ގެއްލުން ދޭ މަންޒަރު މި ފިލްމުން ފެނިގެންދެއެވެ.

އެ ފިލްމްގައި ޝާހިދު އާއި އެކު ލީޑްރޯލުން ފެނިގެން ދަނީ ކިއާރާ އަދްވާނީ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް