ކ. މާލެ
|
26 ސެޕްޓެންބަރ 2019 | ބުރާސްފަތި 23:15
ރެއިމްސް އަދި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން
ރެއިމްސް އަދި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން
ގޯލް.ކޮމް
ފްރެންޗް ލީގު
ފްރެންޗް ލީގު: ރެއިމްސް އަތުން ޕީއެސްޖީ ބަލިވެއްޖެ
 
މި މެޗު ރެއިމްސް އިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާ އަކުން

ފްރެންޗް ލީގުގައި ރެއިމްސް އަތުން ބަލިވެ، ޕީއެސްޖީއަށް އިތުރު މާޔޫސްކަމާއި ކުރިމަތިލާން ޖެހިއްޖެއެވެ.

ޕީއެސްޖީގެ ދަނޑުގައި ކުޅުނު މި މެޗުން ޕީއެސްޖީ ބަލިވީ 2-0 ގެ ނަތީޖާ އަކުންނެވެ.

މެޗު ފަށައިގެން މުޅި މެޗު ކަހަލަ ގޮތަކަށް ޕީއެސްޖީ އިން ކޮންޓްރޯލްކޮށްގެން ކުޅުނުއިރު ޕީއެސްޖީން ވަނީ ގިނަ ހަމަލާތަކެއް ރެއިމްސްގެ ގޯލަށް ފޮނުވާލައިފައިވެއެވެ. ނަމަވެސް ކައުންޓަރ އެޓޭކިންގް ގޭމަކަށް ކުޅެމުން ދިޔަ ރެއިމްސް އިން ވަނީ މެޗުގެ 29 ވަނަ މިނެޓުގައި ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކަމޭރާއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާ އަކުން ރެއިމްސް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ރެއިމްސް އިން ވަނީ ކުރިޔަށް ޖެހިލާ ޕީއެސްޖީގެ ގޯލަށް ނުރައްކާކޮށްފައެވެ. ނަމަވެސް ޕީއެސްޖީއިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ފުލުފުލުގައި ރެއިމްސް ގެ ގޯލަށް ހަމަލާ އުފައްދައިފައެވެ. މި މެޗުގައި ޕީއެސްޖީގެ ނޭމާ އަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ރެއިމްސްގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އޭނާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

މެޗުގައި ރެއިމްސް އިން ޖެހި ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޑިއާއެވެ.

މި ނަތީޖާއާއެކު ރެއިމްސް އޮތީ ލިބުނު 11 ޕޮއިންޓާއެކު ލީގު ތާވަލުގެ އަށް ވަނައިގައެވެ. މެޗުން ބަލިވި ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތީ ލިބުނު 15 ޕޮއިންޓާއެކުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
100%
0%
0%
0%
ކޮމެންޓް