ކ. މާލެ
|
26 ސެޕްޓެންބަރ 2019 | ބުރާސްފަތި 18:22
އެންޓޯނިއޯ ގްރިޒްމަން
އެންޓޯނިއޯ ގްރިޒްމަން
ގެޓީ އިމޭޖަސް
އެންޓޯނިއޯ ގްރިޒްމަން
ސްޕެނިޝް ފުޓްބޯލް ފެޑެރޭޝަނުން 265 ޕައުންޑުން ބާސާ ޖޫރިމަނާކޮށްފި
 
ގްރިޒްމަން ބާސާއަށް ބަދަލުވީ ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުން

ސްޕެނިޝް ފުޓްބޯލް ފެޑެރޭޝަނުން 265 ޕައުންޑުން އެގައުމުގެ ޗެމްޕިއަން ބާސެލޯނާ ޖޫރިމަނާކޮށްފިއެވެ.

ސްޕެނިޝް ފުޓްބޯލް ފެޑެރޭޝަނުން ބާސާ ޖޫރިމަނާކުރީ ގަވައިދާ ހިލާފަށް ބާސާއިން އެޓްލެޓިކޯއަށް ކުޅެމުން އައި އެންޓޯނިއޯ ގްރިޒްމަންއާ ނެގޯޝިއޭޓްކޮށްފައިވާ މައްސަލައިގައެވެ.

އެގޮތުން ސްޕެނިޝް ފުޓްބޯލް ފެޑެރޭޝަނުން ބުނީ، އެޓްލެޓިކޯގެ ހުއްދައާ ނުލައި ބާސާއިން ގްރިޒްމަންއާ ނެގޯޝިއޭޓްކޮށްފައިވާ ކަމަށެވެ.

މި އަހަރުގެ މެއި މަހު ގްރިޒްމަން އެޓްލެޓިކޯ ދޫކޮށްލިކަން އިއުލާންކޮށްފައިވާއިރު، އޭނާ ބާސާއަށް ސޮއިކުރީ 717 މިލިއަން ޕައުންޑުގެ ރިލީޒް ފީއަކާއެކު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ބާސާއިން 2017 ވަނަ އަހަރުގެ ޑިސެމްބަރ މަހު އެޓްލެޓިކޯގެ ހުއްދަ ނެތި ގްރިޒްމަންއާ ނެގޯޝިއޭޓްކުރި މައްސަލައެއް އެޓްލެޓިކޯއިން ވަނީ ދާދި ފަހުން ފީފާއަށް ހުށަހަޅާފައެވެ.

ގްރިޒްމަން އޭނާގެ ކެރިޔަރު ފެށީ 2009 ވަނަ އަހަރު ރެއާލް ސޮސައިޑާޑް އިންނެވެ. އޭނާ އެޓްލެޓިކޯ އަށް ބަދަލުވީ 2014 ވަނަ އަހަރެވެ. އެގޮތުން އޭނާ ވަނީ އެޓްލެޓިކޯގައި މިހާތަނަށް ހޭދަކުރި ފަސް ސީޒަނުގައި އެ ކްލަބަށް ކުޅުނު 257 މެޗުގައި 133 ލަނޑު ކާމިޔާބު ކޮށްފައެވެ.

އެޓްލެޓިކޯއާ އެކު ޔުއެފާ ޔޫރޮޕާ ލީގު، ޔުއެފާ ސުޕާކަޕް އަދި ސްޕެނިޝް ސުޕާކަޕް ކާމިޔާބު ކޮށްފައިވާ ގްރިޒްމަން ވަނީ އެ ކްލަބުގައި އަމިއްލަ ގިނަ ރެކޯޑްތައް ވެސް ހަދާފައެވެ.

ގްރިޒްމަން ވަނީ ބާސާއަށް ބަދަލުވެ، މިހާތަނަށް އެ ކްލަބަށް ކުޅުނު ހަތް މެޗުގައި ތިން ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
17%
8%
0%
8%
8%
58%
ކޮމެންޓް