ކ. މާލެ
|
26 ސެޕްޓެންބަރ 2019 | ބުރާސްފަތި 18:29
އިމްރާން މުހައްމަދު
އިމްރާން މުހައްމަދު
އަވަސް
އިމްރާން މުހައްމަދު
މުސާރަ ނުދެވޭތީ ކީޕަރ އިމްރާން ޓީސީން ރިލީޒަށް އެދިއްޖެ
 
ޓީސީންވެސް ވަނީ އިންމަގެ އެއްބަސްވުން ބާތިލުކުރަން އެއްބަސްވެފައި

މުސާރަ ނުދެވޭތީ ޓީސީ ސްޕޯޓްސް ކްލަބްގެ ކީޕަރ އިމްރާން މުހައްމަދު (އިންމަ) އެ ކްލަބުން ރިލީޒަށް އެދިއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން އިންމަ ބުނީ، ޓީސީއާއެކު ދެކެވުނު ވާހަކަތަކަށްފަހު ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް ބާތިލުކުރަން އެދިފައިވާ ކަމަށާއި، އެކަމަށް ޓީސީންވެސް އެއްބަސްވެފައިވާ ކަމަށެވެ.

ގައުމީ ޓީމަށް 17 އަހަރު ވަންދެން ކުޅެފައިވާ އިންމަ ޓީސީ ދޫކޮށްލަން ނިންމާފައިވަނީ މުސާރައިގެ މައްސަލައެއް ކުރިމަތިވެގެން ކަމަށް މައުލޫމާތު ލިބޭއިރު، އޭނާ ބުނީ، އެހެން ކްލަބަކަށް ބަދަވުމާމެދު އަދި ނުވިސްނާ ކަމަށެވެ.

ޓީސީއަކީ، އުމުރުން 38 އަހަރުގެ އިންމަ ކުޅޭ ހަވަނަ ކްލަބަށްވާއިރު، އޭނާ ވަނީ މީގެ ކުރިން ކްލަބް އީގަލްސް، ނިއު، ވިކްޓްރީ ސްޕޯޓްސް ކްލަބް، ވީބީ އައްޑޫ އެފްސީ އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ގޯލު ބަލަހައްޓާފައެވެ.

ޓީސީގެ ރައީސް އަހުމަދު އައްބާސް (އައްބު) ވިދާޅުވީ، ކްލަބް ދޫކޮށްދާން އިންމަ އެދިފައިވާ ކަމަށާއި، އެކަމަށް ކްލަބުންވެސް އެއްބަސްވެފައިވާ ކަމަށެވެ. އަދި ކްލަބް ދޫކޮށް ދާން ބޭނުންވާ އެހެން ކުޅުންތެރިންނަށް އެ ފުރުސަތު އޮތްކަމަށާއި، މިވަގުތު ކްލަބް ދޫކޮށްދާން އެދިފައިވަނީ އިންމަ އެކަނި ކަމަށްވެސް އައްބު ވަނީ ވިދާޅުވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޓީސީން ވަނީ މި މަހުގެ 15 ވަނަ ދުވަހު ކްލަބްގެ ކުޅުންތެރިންނާއެކު މީޓންއެއް ބާއްވާފައެވެ. އަދި އެ މީޓިންގައި ކްލަބް ދޫކޮށްދާން ބޭނުންވާ ކުޅުންތެރިންނަށް އެ ފުރުސަތު އޮތްކަމަށް ބުނެފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
67%
0%
0%
0%
33%
ކޮމެންޓް