ކ. މާލެ
|
18 ސެޕްޓެންބަރ 2019 | ބުދަ 18:22
މެޗެއްގެ ތެރެއިން
މެޗެއްގެ ތެރެއިން
ގޫގުލް
އިންޓަރ ރިޒޯޓު ވޮލީ ބޯޅަ ޒޯން ޗެމްޕިއަންޝިޕް
އިންޓަރ ރިޒޯޓު ވޮލީ ބޯޅަ ޒޯން ޗެމްޕިއަންޝިޕް: އިތާފުށިން ފަސޭހަކަމާއެކު އަނަންތަރާ ބަލިކޮށްފި
 
އިތާފުށި އަދި ވަން އެންޑް އޮންލީ ރީތިރަށުން މެޗުތައް ކާމިޔާބު ކޮށްފި

އިންޓަރ ރިޒޯޓު ވޮލީ ބޯޅަ ޒޯން ޗެމްޕިއަންޝިޕުގެ ޒޯން 2 ގެ މެޗުގައި އިތާފުށިން ފަސޭހަކަމާއެކު އަނަންތަރާ ބަލިކޮށްފިއެވެ.

މި މެޗު އަނަންތަރާއިން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.

ކަނޑޫމާ ރިޒޯޓުގައި ކުޅުނު މި މެޗުގެ ފުރަތަމަ ސެޓު ވާދަވެރި ކުޅުމަކަށް ފަހު އިތާފުށިން ކާމިޔާބުކުރީ 26-24 ހުންނެވެ. މެޗުގެ ދެވަނަ ސެޓު އިތާފުށިން ކާމިޔާބުކުރީ ފަސޭހަ ކަމާއެކު 25-16 އިންނެވެ. އަދި މެޗުގެ ފަހު ސެޓު ވާދަވެރި ކުޅުމަކަށްފަހު އިތާފުށިން ކާމިޔާބުކުރީ 26-24 އިންނެވެ.

މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކީ އިތާފުށީގެ ޖާޒީ ނަމްބަރު 2 ސައްދާމް ހުސެއިންނެވެ.

މި މުބާރާތުގެ ޒޯން 1 ގައި ވެސް މެޗެއް އަންގާރަ ދުވަހު ކުޅެފައިވެއެވެ. ވަން އެންޑް އޮންލީ ރީތި ރަށް އަދި ކޮށްދިއްޕަރު ބައްދަލުކުރި މި މެޗު ވަން އެންޑް އޮންލީ ރީތި ރަށް ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ.

ވަން އެންޑް އޮންލީ ރީތި ރަށުގައި ކުޅުނު މި މެޗުގެ ފުރަތަމަ ސެޓު ވަން އެންޑް އޮންލީ ރީތި ރަށުން ކާމިޔާބުކުރީ ފަސޭހަ ކަމާއެކު 25-16 އިންނެވެ. މެޗުގެ ދެވަނަ ސެޓުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައި ވާއިރު މި ސެޓު ވަން އެންޑް އޮންލީއިން ކާމިޔާބުކުރީ 25-20 އިންނެވެ. އަދި މެޗުގެ ފަހު ސެޓު ވަން އެންޑް އޮންލީއިން ކާމިޔާބުކުރީ 25-18 އިންނެވެ.

މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ވަން އެންޑް އޮންލީގެ ޖާޒީ ނަމްބަރު 15 އަޝްފާގް އާދަމެވެ.

އިންޓަރ ރިޒޯޓު ވޮލީ ބޯޅަ މުބާރާތަކީ ރިޒޯޓު މުވައްޒަފުންނަށް ހުޅުވައިލައިގެން ބާއްވަމުން ގެންދާ މުބާރާތެކެވެ. މި މުބާރާތް ކުޅެވެނީ ޒޯން ތަކަށް ބަހައިލައިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
100%
0%
0%
0%
0%
0%
ކޮމެންޓް