ބުދަ 16 އޮކްޓޯބަރ 2019
13 ހިތަ
1441 ސަފަރު 17
ފަތިސް 04:38
އިރުއަރާ 05:49
މެންދުރު 11:56
އަސްރު 15:10
މަޣްރިބް 17:54
އިޝާ 19:06
ދުނިޔެ - ޓްރަމްޕް

އީރާނާ ހަނގުރާމަ ކުރަން ބޭނުމެއް ނުވޭ: ޓްރަމްޕް

  • ޓްރަމްޕް ވިދާޅުވީ މިހާތަނަށް ބެލި ބެލުމުގައި އެ ހަމަލާތައް ދިނީ އީރާނުން ކަމަށް ގަބޫލު ކުރެވޭ ކަމަށް
  • ޔަމަނުގެ ހޫތީން ވަނީ ސައުދީއަށް ދިން ހަމަލާގެ ޒިންމާ ނަގާފަ
  • މާހިރުން ބުނަނީ އެވަރުގެ ހަމަލާއެއް ދެވޭނެ ވަރުގެ ގާބިލިއްޔަތެއް ހޫތީންގެ ނެތްކަމަށް

އުމްނާ އިސްމާއިލް
UmnaIsmail

ކ. މާލެ 18 ސެޕްޓެންބަރ 2019 | ބުދަ 12:38 2,353

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް - އީޕީއޭ

ސައުދީގެ ތެޔޮ އުފައްދާ މައި ދެ ކުންފުނި، އަރަމްކޯގެ ދެ ތަނަކަށް ހަމަލާ ދިނީ އީރާނުން ކަމަށް ބެލެވުނު ނަމަވެސް އީރާނާ ދެކޮޅަށް ހަނގުރާމަ ކުރަން ބޭނުން ނުވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް ވިދާޅުވީ މިހާތަނަށް ބެލި ބެލުމުގައި އެ ހަމަލާތައް ދިނީ އީރާނުން ކަމަށް ގަބޫލު ކުރެވުނު ނަމަވެސް ހަމަލާ ދިނީ ކޮންބައެއް ކަން ކަށަވަރު ކުރަން ބޭނުންވާ ކަމަށެވެ. އަދި ތަހުގީގުތައް ކުރިއަށް ދާ ކަމަށް ވިދާޅުވިކަމަށް އަލްޖަޒީރާގައި ވަނީ ރިޕޯޓުކޮށްފައެވެ. ޓްރަމްޕް ވިދާޅުވީ މި ހަމަލާގެ ޒިންމާ ނަގަން ޖެހޭ ފަރާތެއް ވަރަށް އަވަސް މުސްތަގުބަލެއްގައި އެނގިގެންދާނެ ކަމަށެވެ.

މި ހަމަލާތަކުގެ ސަބަބުން އެގައުމުގެ ތެޔޮ އުފައްދާ އިންސައްތަ ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން މި ހަމަލާގެ ސަބަބުން ސައުދީން ތެޔޮ އުފައްދާ މިންވަރު ވަނީ 50 އިންސައްތައާ ހަމައަށް ދަށަށް ގޮސްފައެވެ.

ސައުދީގެ ތެޔޮ ފެސިލިޓީތަކަށް ދިން ހަމަލާތަކުގައި 10 ޑްރޯން ބޭނުންކޮށްފައިވެއެވެ. ޔަމަންގެ ހޫތީން މި ހަމަލާގެ ޒިންމާ ނަގާފައިވީނަމަވެސް މި ހަމަލާތައް ދިނީ ޔަމަނުންކަން އެނގޭނެ ހެކި ފެންނަން ނެތް ކަމަށާއި މި ހަމަލާގެ ޒިންމާ އީރާނުން ނަގަންޖެހޭ ކަމަށް އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް