ބުދަ 16 އޮކްޓޯބަރ 2019
13 ހިތަ
1441 ސަފަރު 17
ފަތިސް 04:38
އިރުއަރާ 05:49
މެންދުރު 11:56
އަސްރު 15:10
މަޣްރިބް 17:54
އިޝާ 19:06
ދުނިޔެ - ނަރެންދްރަ މޯދީ

މޯދީއަށް 69 އަހަރު ފުރުން ފާހަގަކުރީ ތަފާތު ގޮތަކަށް

  • މޯދީ، ވަނީ ބޮޑު ވަށިގަނޑެއްގެ ތެރެއިން އެކި ކުލަ ކުލައިގެ ކޮކާތަކެއް އުދުއްސާލާފަ
  • މޯދީ ވަނީ އުފަންދުވަހާއި ގުޅިގެން އޭނާގެ ކުރީގެ ފޮޓޯތަކެއްވެސް ހިއްސާކޮށްފަ

ޝަރޫނާ އަބްދުﷲ
AbdullaSharoona

ކ. މާލެ 18 ސެޕްޓެންބަރ 2019 | ބުދަ 02:47 3,336

ބޮޑުވަޒީރު ނަރެންދްރަ މޯދީ - މަޖިލިސް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް 69 އަހަރު ފުރިފައިވާއިރު، އުފަންދުވަސް ފާހަގަކުރަން ތަފާތު ގޮތަކަށެވެ.

ވީޑިއޯތަކުން ފެންނަގޮތުގައި މޯދީ، ވަނީ ބޮޑު ވަށިގަނޑެއްގެ ތެރެއިން އެކި ކުލަކުލައިގެ ކޮކާތަކެއް އުދުއްސާލާފައެވެ. ކޮކާތަށް އުދުއްސާލާފައިވަނީ ގުޖަރާތުގެ ކެވަޑިޔާގައި ހުންނަ ކެކްޓަސް ބަގީޗާގެ ތެރެއަށެވެ.

މޯދީ ވަނީ އުފަންދުވަހާއި ގުޅިގެން އޭނާގެ ކުރީގެ ފޮޓޯތަކެއްވެސް ހިއްސާކޮށްފައެވެ. އަދި އޭނާއާއެކު ނަގާފައިހުރި ފޮޓޯތައް ފަދަ ހަނދާންތައް އޭނާގެ ވެބްސައިޓުގައި ހިއްސާ ކުރުމަށް މީހުންގެ ގާތުންވެސް މޯދީ އެދިވަޑައިގެންފައިވެއެވެ.

މޯދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކުރީގެ ހަނދާންތައް އާ ކުރަމުންދާ ކަމަށާއި ގާތް އެކުވެރިންގެ ފަރާތުން ކުރީގެ ފޮޓޯތައް ލިބެމުންދާ ކަމަށެވެ.

މީގެ އިތުރުން، އުފަންދުވަސް ފަހަގަކުރުމުގެ ގޮތުން މޯދީ ދެން ކުރެއްވި ކަމަކީ މޯދީގެ މަންމައާއެކު މެންދުރުގެ ކެއުމަކަށް އިންސާފު ކުރެއްވުމަށްޓަކައި ގުޖްރާތް އަށް ޒިޔާރަތް ކުރެއްވީއެވެ.

އާންމުންގެ ބައެއް ފަރާތްތަކުންވެސް ވަނީ މޯދީގެ އުފަންދުވަހުގެ އުފަލުގައި ތަފާތު ކަންކަން ކޮށްފައެވެ. އެގޮތުން އޮގަނައިޒޭޝަނަކުން އިސްވެ، 569 ކިލޯގްރާމްގެ ލައްޑޫ އެއް ވަނީ ދައްކާލާފައެވެ.

ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އާއި އެގައުމުގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ފަދަ ގިނަ ސިޔާސީ ފަރާތްތަކުން ވަނީ މޯދީއަށް އުފަންދުވަހުގެ ތަހުނިޔާ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް