ހުކުރު 10 އޭޕުރިލް 2020
03 އައްސިދަ
1441 ޝައުބާން 17
ފަތިސް 04:49
އިރުއަރާ 06:00
މެންދުރު 12:11
އަސްރު 15:16
މަޣްރިބް 18:15
އިޝާ 19:27
ދުނިޔެ - އަފްގާނިސްތާނު

އަފްގާނިސްތާނުގައި ދިން ބޮމުގެ ހަމަލާއެއްގައި 24 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

  • ހަމަލާ ދީފައިވަނީ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި ރެލީއެއްގެ ތެރެއިން
  • ހަމަލާ ދީފައިވަނީ ވެރިރަށް ކާބުލްގެ އުތުރުގައި އޮންނަ ޕަރްވާން ޕްރޮވިންސަށް
  • ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ނަގާފައެއް ނުވޭ

ޝަރޫނާ އަބްދުﷲ
AbdullaSharoona

ކ. މާލެ | 17 ސެޕްޓެންބަރ 2019 | އަންގާރަ 18:55 | 2,511

ރައީސް އަޝްރަފް ގަނީ ރެލީގެ ބައިވެރިންނާ ބައްދަލުކުރުމަށް ވަޑައިގަންނަވަނީ - ރޮއިޓަރސް

އަފްގާނިސްތާނުގައި ހަށިގޮއްވާލައިގެން ދިން ހަމަލާއެއްގައި 24 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.

އަފްގާނިސްތާނުގައި ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި ރެލީއެއްގެ ތެރެއިން, ހަށިގޮއްވާލައިގެން ދިން މި ހަމަލާ, ދިނުމުގެ ކުރިން އެ ގައުމުގެ ރައީސް އަޝްރަފް ގަނީ، ރެލީގެ ބައިވެރިންނާ ބައްދަލުކުރުމަށް އޮތީ ހަމަޖެހިފައެވެ.

މި ހަމަލާ ދީފައިވަނީ ވެރިރަށް ކާބުލްގެ އުތުރުން އޮންނަ ޕަރްވާން ޕްރޮވިންސަށެވެ. މި ހަމަލާއަށްފަހު، ކާބުލްގައި ހުންނަ އެމެރިކާ އެމްބަސީގެ ކައިރިއަށްވެސް އިތުރު ހަމަލާއެއް ވަނީ ދީފައެވެ. އެ ހަމަލާގައި ތިން މީހުން މަރުވެފައިވެއެވެ.

މި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ނަގާފައި ނުވާއިރު ތާލިބާނުން ދަނީ އަފްގާނިސްތާނާ އެ ޖަމާއަތާއި ދެމެދު ދެކެވުނު ސުލްހައިގެ ވާހަކަތަކަށް ބީރުކަންފަތެއްދީ، އެކި ގޮތްގޮތުން ހަމަލާތައް ދެމުންނެވެ.

ތާލިބާނާއެކު ވެވުނު މި އެއްބަސްވުމަކީ "މަރުވެފައި އޮތް" އެއްބަސްވުމެއްގެ ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ސިފަކުރައްވާފައެވެ.

ބޮމުގެ ހަމަލާތަކުގައި ގިނަ ކުޑަކުދިންނެއް ޒަހަމްވެފައިވާ ކަމަށް ރިޕޯޓްތަކުން ދައްކައެވެ. ނަަމަވެސް ދެވަނަ ދައުރަކަށް ހޮވިވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވަމުންދާ އަފްގާނިސްތާނުގެ ރައީސް ގަނީ އަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ތާލިބާން ޖަމާއަތުން ވަނީ، އަފްގާނިސްތާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ތެރެއިން މިފަދަ އަމަލުތައް ހިންގާނެ ކަމަށް ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.