ކ. މާލެ
|
17 ސެޕްޓެންބަރ 2019 | އަންގާރަ 10:15
މުބާރާތުގެ ތެރެއިން
މުބާރާތުގެ ތެރެއިން
ގޫގުލް
އިންޓަރ ރިޒޯޓު ވޮލީ ބޯޅަ ޗެމްޕިއަންޝިޕް
އިންޓަރ ރިސޯޓު ވޮލީ ބޯޅަ ޗެމްޕިއަންޝިޕް: ޖުމެއިރާ އަދި ބަނޑޮސް އިން ފެށުން ރަނގަޅުކޮށްފި
 
މެޗުގެ ސެޓުތައް ބަނޑޮހުން ގެންދިޔައީ 25-15، 25-14 އަދި 25-21 ހުންނެވެ

އިންޓަރ ރިޒޯޓު ވޮލީ ބޯޅަ ޗެމްޕިއަންޝިޕު 2019 ގައި ބަނޑޮސް އަދި ޖުމެއިރާ އުން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް ފެށުން ރަނގަޅުކޮށްފިއެވެ.

ބަނޑޮހުން އެ ޓީމު ކުޅުނު މެޗު ކާމިޔާބުކުރީ ކޮށްދިއްޕަރާއި ވާދަކޮށް ސީދާ ތިން ސެޓުންނެވެ.

ބަނޑޮހުގައި ކުޅުނު މި މެޗުގެ ސެޓުތައް ބަނޑޮހުން ގެންދިޔައީ 25-15، 25-14 އަދި 25-21 އިންނެވެ.

މެޗުގައި ބަނޑޮހުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާ އަކީ ބަނޑޮހުގެ ޖާޒީ ނަމްބަރު 8 އިޝާން މުހައްމަދެވެ.

މި މުބާރާތުގެ ޒޯން 2 ގައި ކުޅުނު މެޗު ތިން ސެޓު އެއްސެޓުން ކާމިޔާބުކުރީ ޖުމެއިރާ އެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ދެ ސެޓު ޖުމެއިރާ އިން ވަނީ ފަސޭހަކަމާއިއެކު ކާމިޔާބުކޮށްފައެވެ. މެ ދެ ސެޓު ޖުމެއިރާއިން ކާމިޔާބުކުރީ 25-20 އަދި 25-14 އިންނެވެ.

ފުރަތަމަ ދެ ސެޓު ޖުމެއިރާއިން ކާމިޔާބު ކޮށްފައިވަނިކޮށް މެޗުގެ ތިންވަނަ ސެޓު ކަނޑޫމާއިން ވަނީ ކާމިޔާބު ކޮށްފައެވެ. މެޗުގެ އެންމެ ވާދަވެރި ސެޓު ކަނޑޫމާ އިން ކާމިޔާބުކުރީ 26-24 އިންނެވެ. މެޗުގެ ހަތަރު ވަނަ ސެޓު ފަސޭހަކަމާއެކު ކާމިޔާބުކޮށްފައި ވަނީ ޖުމެއިރާއިންނެވެ. މި ސެޓު ޖުމެއިރާއިން ކާމިޔާބުކުރީ 25-13 އިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
100%
0%
0%
0%
0%
0%
ކޮމެންޓް